ސީލައިފް ގްލޯބަލްގެ ވެރިމީހާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)-- ފޮޓޯ: ސަން
ހަބަރު
21 Jan 2024 | 14:36
އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލުމަށް ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ސީލައިފް ގްލޯބަލްގެ ވެރިމީހާ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ހައި ކޯޓުން ކުރި އަމުރު ސުޕްރިމް ކޯޓުން ބާތިލު ކޮށްފިއެވެ.

މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ކަމަށް ބުނެ އައްމަޓީގެ ފަރާތުން ހުށައެޅުމުން ވަގުތީ ގޮތުން ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6 އިން އެމަހުގެ 25 އާއި ހިސާބަށެވެ. މި މައްސަލަ ހައި ކޯޓުން ނިންމި އިރު އޮތީ މި މުއްދަތު ހަމަވެފައެވެ. އެހެންކަމުން ހައި ކޯޓުގެ ނިންމުމާއި މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު މައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.

މިއަދު ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން އައްމަޓީގެ ޕާސްޕޯޓު ބާތިލުކުރުމަށް ނިންމައި ކުރި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުން އައްމަޓީގެ ޕާސްޕޯޓު ދޫކުރުމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކޮށްފައިވަނީ ގާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށާއި، އަދި މައްސަލަ ނިމިފައިވަނީ ޕާސްޕޯޓު ދޫކޮށްލުމަށް ނިންމި ތާރީހު ހަމަވެފައި އޮއްވާ ކަމަށް ވާތީ، އަމުރު ގެ ބާރު ވަނީ ކެނޑިފައި ކަމަށެވެ. އަދި ކޯޓަށް އެއްބާރުލުން ދެމުން ދިޔުމާއި ފިލުމުގެ އިހުތިމާލު ކްރިމިނަލް ކޯޓުން ގުޅުވި ގޮތެއް ވެސް ސާފު ނުވާ ކަމަށް ވެސް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

މިފަދައިން ނިންމާފައިމިވަނީ މި މައްސަލަ ބެއްލެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ގެ އިއްތިފާގުންނެވެ.

އައްމަޓީގެ މައްޗަށް ވަނީ ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން، އެޑްވާންސަށް އެ ފުލެޓް ގަންނަން ބޭނުންވާ މީހުން އަތުން ފައިސާނަގާ، އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ދައުވާ ކޮށްފައެވެ. އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ވަނީ ކޮށްފައިވީނަމަވެސް މިހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް