ސުޕްރީމް ކޯޓު-- ފޮޓޯ: ވޮއިސް
ހަބަރު
21 Jan 2024 | 15:01
ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ މީހާގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ގޮތަށް ކަނޑައަޅައިފި

ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ މީހާގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ސީލައިފް ގްލޯބަލްގެ ވެރިމީހާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ހައި ކޯޓުން ކުރި އަމުރުގެ އިސްތިއުނާފީ އަޑުއެހުމުގައި ސުޕްރީމް ކޯޓުން ބުނީ  ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ މީހާގެ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެމީހަކު ރާއްޖޭން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަން ޖެހޭނެ ކަމަށް ދެކޭ ކަމަށެވެ. 

ކުށެެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށާއި ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހާ ދިވެހި ރާއްޖެއިން ބޭރަށް ގޮސް، ފިލައިފި ނަމަ ޖިނާއީ އަދުލުގެ ނިޒާމް ވާގި ނެތި އަދުލު އިންސާފް ގާއިމު ކުރުމަށް ހުރަސް އެޅޭނެތީ، އެހެންކަމުން އެހެން އެކަން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތް ރާއްޖެއިން ބޭރަށް ދިޔުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަނަށް އެންގުމާއި އެކު އެފަދަ މީހުން ބްލެކް ލިސްޓް ކުރެވި އެފަދަ މީހުން ރާއްޖޭން ބޭރަށް ނުފުރޭ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއް ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ސުޕްރީމް ކޯޓުން ބުނީ ޖިނާއީ ބޮޑު މައްސަލަ އެއްގެ ޝަރީއަތުގެ ދައުވާލިބޭ މީހާގެ ބޭސްފަރުވާ އަށް ދިވެހި ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެބޭސް ފަރުވާ އަކީ ދިވެހި ރާއްޖެއިން ލިބެން ނެތް ބޭސްފަރުވާ އަކަށް ޑޮކްޓަރު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ، ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް، އެ ރައުޔާއި ބެހޭގޮތުން ޕީޖީ ދެކޭގޮތް ސާފުކުރުމަށް ފަހު ކަމަށެވެ.

އެމީހަކު ބޭސްފަރުވާ ނިންމުމަށް ފަހު އެނބުރި ރާއްޖެ އަންނާނެކަން ކަށަވަރު ކުރުމަށް ޝަރުތުކޮށް ކުރަން ޖެހޭނެ ކަމަށާއި، އެ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގެ ތެރޭގައި ހިމެނޭ ފައިސާގެ އަދަދާއި އެއްވަރުގެ އަދަަދެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ ހައްގު ކޯޓަށް ލިބިގެން ވާކަމަށް ވެސް ސުޕްރީމް ކޯޓުން އިއްވި ނިންމުމުގައިވެއެވެ. 

ބޭސް ފަރުވާ ނޫން ބޭނުމަކު ޖިނާއީ ކުށެއްގެ ދައުވާ ލިބޭ އެއްވެސް މީހަކު ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ ދެވޭނީ އެކަމަށް ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ  އިއުތިރާޒެއް އެކަމަށް ނެތުމުން ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ. 

މިފަދައިން ސުޕްރީމް ކޯޓުން ނިންމައި އިއުލާން ކުރީ މިއަދުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައެވެ. މި ރައުޔަށް ފަނޑިޔާރު މަހާޒު އަލީ ވަނީ ތާއީދު ކުރައްވާފައެވެ. މި މައްސަލަ ދެން ބެއްލެވި ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު ގެ ރައުޔުގައި މިބައި ފާހަގަނުކުރެއްވިޔަސް އެކަމަނާ ވަނީ އައްމަޓީގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރީ ގާނޫނީ އުސޫލުތަކާއި ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ކަމަށް ބުނެ އައްމަޓީގެ ފަރާތުން ހުށައެޅުމުން ވަގުތީ ގޮތުން ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6 އިން އެމަހުގެ 25 އާއި ހިސާބަށެވެ. މި މައްސަލަ ހައި ކޯޓުން ނިންމި އިރު އޮތީ މި މުއްދަތު ހަމަވެފައެވެ. އެހެންކަމުން ހައި ކޯޓުގެ ނިންމުމާއި މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު މައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.

މިއަދު ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން އައްމަޓީގެ ޕާސްޕޯޓު ބާތިލުކުރުމަށް ނިންމައި ކުރި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުން އައްމަޓީގެ ޕާސްޕޯޓު ދޫކުރުމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކޮށްފައިވަނީ ގާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށާއި، އަދި މައްސަލަ ނިމިފައިވަނީ ޕާސްޕޯޓު ދޫކޮށްލުމަށް ނިންމި ތާރީހު ހަމަވެފައި އޮއްވާ ކަމަށް ވާތީ، އަމުރު ގެ ބާރު ވަނީ ކެނޑިފައި ކަމަށެވެ. އަދި ކޯޓަށް އެއްބާރުލުން ދެމުން ދިޔުމާއި ފިލުމުގެ އިހުތިމާލު ކްރިމިނަލް ކޯޓުން ގުޅުވި ގޮތެއް ވެސް ސާފު ނުވާ ކަމަށް ވެސް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
މެކްސިކޯ ބަލިކޮށް، އިނގިރޭސިން ކުއާޓާ ފައިނަލަށް
ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އިންގްލެންޑް ނިކުންނާނީ ނޯވޭ އާ ދެކޮޅަށެވެ. ނޯވޭ ކުއާޓާ ފައިނަލަށް ދަތުރުކުރީ ބްރެޒިލް ބަލިކުރުމަށްފަހުގައެވެ
06 Jul 2026
ބްރެޒިލް ކެޓުމާއެކު ނޭމާގެ ވޯލްޑްކަޕް ކެރިއަރަށް ހިތްދަތި ނިމުމެއް
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން 2-1 އިން ބްރެޒިލް ބަލިވެ މުބާރާތުން ކެޓުމާއެކު، އެ ޤައުމުގެ އެންމެ ފާހަގަކޮށްލެވޭ ފުޓުބޯޅަ ތަރި ނޭމާ ބައިނަލްއަޤްވާމީ ފުޓުބޯޅައިން ރިޓަޔަރކުރިކަން އިޢުލާންކޮށްފިއެވެ.
06 Jul 2026
އެމްއެންޔޫގައި ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން، ހިމަބިހި (މީސެލްސް) ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ "މީސެލްސް އައުޓްބްރޭކް ރިސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
06 Jul 2026
"ތެވެލި" ކޮންފަރެންސަށް މިއަހަރު ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް
އަންނަ އޮގަސްޓް މަހުގެ 17 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 330 ކަރުދާސް ވަނީ ލިބިފައެވެ. މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ޢިލްމީ ބައްދަލުވުމަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅުނު ފަހަރެވެ.
06 Jul 2026
ދިރާގު ލިމިޓެއްނެތް ފައިބަރއަށް ހިލޭ އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެއް
މި ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލައި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
06 Jul 2026
ހާލާންޑްގެ ދެ ލަނޑާއެކު، ބްރެޒިލަށް ވަރލްޑްކަޕް ނިމިއްޖެ
ރޭ ހާލާންޑް ޖެހި ދެ ލަނޑާއެކު ހާލާންޑް ވަނީ މެސީ އަދި އެމްބާޕޭ އާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންްގެ ތެރޭގައެވެ
06 Jul 2026
ފުންފަޅުގޭގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެނީ، ތުއްތު ކުއްޖަކު ހިމެނޭ
ގަލޮޅު ފުންފަޅު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
06 Jul 2026
ގަލޮޅު ފުންފަޅު ގޭގައި ރޯވުން: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ
އެންޑީއެމްއޭ އިން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށެވެ.