ރައީސް ޔާމީން ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ-- ފޮޓޯ/ޕީއެންއެފް
ހަބަރު
21 Jan 2024 | 15:41
އިންޑިއާ ސިފައިން ބޭލުން ފަސޭހަ ނުވާނެ ކަމަށް ބުނުމުން ޔާމީން ނާއުންމީދު ވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހަކަމެއް ނޫން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ  ސަރުކާރުން ބުނާތީ ނާއުންމީދު ވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމްއާ ދުރަށް ވަޑައިގެން އެ މަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމުން އެމަނިކުފާނަށް ޕޯޑިއަމަށް އަރާ ވާހަކަ ނުދެއްކެވޭނެތީވެ ، އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު އެ ޖަލްސާގައި ވާހަކަދެއްކެވުމަށް ފަހު، އެ ތަނުގައި ތިބި މީހުންނަށް ސުވާލުކުރަން ދިން ފުރުސަތުގައި ޔާމީން ދެ ކަމަކާ ގުޅޭ ގޮތުން ޖަމީލުގެ ހިޔާލު ހޯދުމަށް ސުވާލުކުރެއްވި އެވެ.

އެގޮތުން ރައީސް ޔާމީން ފާހަގަކުރެއްވި ދެކަމަކީ  ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދަމަސް ތެރޭ ބޭއްވުމާ ގުޅޭ ގޮތުންނާއި އަދި އިންޑިއާ ސިފައިންގެ މައްސަލާގައި މި ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

އޭގެތެރެއިން އިންޑިޔާ މައްސަލާގައި ޔާމީން ފާހަގަ ކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާ ސިފައިން ބޭލުމުގެ ވައުދާ އެކުގައި ކަމަށާއި، ވެރިކަމާ ހަވާލުވުމަށް ފަހު، ފުރަތަމަ ދުވަހު ވެސް އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތައް ކޮށް، އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާގައި އެދިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.

އެކަމުގެ ތަފުސީލް ދެއްވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ މިނިސްޓަރު އަބްދުالله ނާޒިމް އިންޑިއާ ސިފައިން ބޭލުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ވިދާޅުވެފައިވާ ކަމަށާއި، އަދި ހަމަ އެއާއިއެކު އަންނަ މާރޗުމަހުގެ 15 ނިޔަލަށް އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެފަދަ އެއްވެސް މަޝްވަރާއެއް އަދި އެއްގުމެއްވެސް އިންޑިއާއަށް އަންގާފައި ނުވާކަމަށް އެ ޤައުމުން ބުނާކަމަށެވެ.  

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިގޮތަށް އިންޑިއާ ސިފައިން ބާލަން އަޅުގަނޑުމެން ވަރަށް ހިތްވަރާ އެކީގައި އައި ސަރުކާރެއް. ސަރުކާރުގެ ރައީސް އޮފީހުގެ ވަޒީރަކު މިހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް ނާއުންމީދުވިޔޭ. ފަސޭހަ ކަމެއް ނޫނޭ. އެއްވެސް ކަމެއް ފަސޭހައެއް ނުވެދާނެ," ރޭގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާ އިރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ މަތީފަންތީގެ ކޮމެޓީއަކުން މިހާރު ގެންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން މަޝްވަރާތައް ބާއްވަމުންނެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.