އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު-- ފޮޓޯ/ މިނިސްޓްރީ
ހަބަރު
21 Jan 2024 | 16:48
ހެޔޮކަންކަމަށް ކުރާ ޚަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު: ޑރ. ޝަހީމް

ރާއްޖޭގެ ރައްޔިތުން ޞަދަޤާތާއި ޚައިރާތާއި ހެޔޮކަންކަމަށް ކުރާ ޚަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ތެރެއިންވެސް ސަދަގާތް ކުރެވެން ހުރިކަން ފާހަގަކުރައްވައި ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޤުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތަކާއި އެނޫންވެސް ކިތަންމެ ހެޔޮކަމަށް ޚަރަދުކުރެވޭނެ ޙާލަތު އެބައޮތް ކަމަށެވެ. އަދި އެތަންތަންވަނީ ނުހަނު އެހީތެރިކަމަށް ބޭނުންޖެހިފައިވާ ކަންވެސް އެމާނިކުފާނު ފާހަގަކުރެއްވި އެވެ. 

ރާއްޖޭގެ ޤުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތަކާއި ކިތައްމެ ހެޔޮކަމަށް ޚަރަދުކުރެވޭނެ ޙާލަތު އެބައޮތް. އެތަންތަންވަނީ ނުހަނު އެހީތެރިކަމަށް ބޭނުންޖެހިފަ. ރާއްޖޭގެ 700 އެއްހާ މިސްކިތް ހުރޭ. އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭ. ރާއްޖޭގެ ކިތައްމެ ޤުރުއާން ކުލާހެއް އެބަހުރި ހުއްޓިފަ. ކިތައްމެ އެދުރުގެއެއް އެބަހުރި ހުއްޓިފަ. ގޮނޑިއާއި އެނޫންވެސް ވަސީލަތްތައް އެތަންތަނަށް ބޭނުންވޭ.

ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު 

މިއާއެކު ޝަހީމް ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ޞަދަޤާތުގެ ބޭރު ގައުމުތަކުގައި މިސްކިތްތަކަށް ނުވަތަ ފެންވަޅު ބެހެއްޓުމަށް ނުވަތަ އެނޫން ވެސް ކަންކަމަށް ޚަރަދު ކުރާ ކަމަށެވެ.

އަދި އެއީ ވެސް ރަނގަޅުކަންކަން ކަމަށާ، އެހެން ނަމަވެސް ޞަދަގާތް ކުރާއިރު ރާއްޖޭގެ އެތެރޭގެ ޙާލަތު ވެސް ރިއާޔަތްކުރުން ވަރަށް މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަށްޓަކައި ކުރިއަށް އޮތްތަނުގައި މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް ފަސޭހައިން ޞަދަޤާތްކުރެވޭނެ ނިޒާމެއް ޤާއިމު ކުރައްވާނެކަން ފާހަގަކުރައްވައި ޝަހީމް އިތުރަށް ވިދާޅުވީ، ޞަދަޤާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޚަރަދުކުރުން މުހިންމުކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. 

"ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތަށް ރާއްޖޭގައި އެބަހުރި. އެތަންތަނަށް ނުހަނު އެހީތެރިކަން ބޭނުންވޭ."

ޑރ. ޝަހީމް ޢަލީ ސަޢީދު 

އެހެންކަމުން ޝަހީމް ވިދާޅުވީ، އިންސާނީ ޚާއްޞަޙާލަތެއް މެދުވެރިވެފައިވާ ބޭރުގެ ފަރާތްތަށް އިސްތިސްނާވެގެންވާ ގޮތުގައި، ރާއްޖޭގެ ރައްޔިތުން ޞަދަޤާތާއި ޚައިރާތާއި ހެޔޮކަންކަމަށް ކުރާ ޚަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށެވެ. 

ކޮމެންޓް
ނަދީމް
ކުޚވަރާއި އެނޫންވެސް ޒުވާނުން ހިތްހަމަޖެއްސުމަށާއި، މަޖިލިސްމެންބަރުންގެ މުސާރަބޮޑުކޮށް އެކިއެކި ކޫސަނި ކަންކަމަށް ޚަރަދުކުރާނެ ފައިސާ ޝަހީމްމެން ސަރުކާރުގައި އެބަހުރި. ނެތީ ދީނީ ކަންކަމަށް ޚަރަދުކުރާނެ ފައިސާދޯ،؟؟؟؟؟؟؟
21 Jan 2024
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.