މިދިޔައަހަރު ރާއްޖެއަށް ވަނީ ރެކޯރޑު އަދަދަކަށް ޖެޓް އައިސްފައި
ހަބަރު
21 Jan 2024 | 20:09
މިދިޔަ އަހަރަކީ މާފަރު އެއާރޕޯޓަށް ރެކޯރޑު އަދަދަކަށް ޖެޓް އައި އަހަރެއް

ނިމިގެން މިދިޔަ 2023 ވަނަ އަހަރަކީ މާފަރު އެއާރޕޯޓަށް ރެކޯރޑު އަދަދަކަށް ޕްރައިވެޓް ޖެޓް އައި އަހަރެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.  

އައިލެންޑު އޭވިއޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މިދިޔަ އަހަރުތެރޭ އެ އެއަރޕޯޓަށް 353 ޕްރައިވެޓް ޖެޓް ޖައްސާފައިވާއިރު މިއީ 2022 ވަނަ އަހަރަށްވުރެ 125 ޖެޓުގެ އިތުރުވުމެކެވެ.

ރާއްޖޭގައި ހިމެނޭ އެންމެ މަތީފަންތީގެ ގިނަ ރިސޯރޓުތަކެއް އެކުލެވޭ ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް މިދިޔަ އަހަރު 1934 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވާ އިރު 2082 ފަތުރުވެރިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވާކަމަށް އައިލެންޑު އޭވިއޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވެފައިވަނީ ޔޫރަޕުގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ މެދުއިރުމަތީގެ ޤައުމުތަކުގެ ފަތުރުވެރިންނެވެ.

މާފަރު އެއާރޕޯޓް ހުޅުވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އެ އެއާރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 1 ޖުލައި 2020 ވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރުން ދަނީ މާފަރު އެއާރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއެއް ހިންގަމުންނެވެ. މި މަޝްރޫއު ނިމޭއިރު ރަންވޭ އަށް 650 މީޓަރު އިތުރުކުރެވި، ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކުރެވިގެން ދާނެއެވެ. އޭރުން ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓުތަކަށް ވެސް ރަންވޭއަށް ޖެއްސޭނެއެވެ.

މިހާރު މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތަކަށް ޖެއްސޭ ގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ