ތިލަފުށި ކަރީގައި އޮންނަ މާގިރި-- ފޮޓޯ: މިނިސްޓަރ މުއްތަލިބް
ހަބަރު
22 Jan 2024 | 14:23
ތެޔޮ ރައްކާކުރަން ތަރައްގީ ކުރަނީ ކ.ތިލަފުށި ކައިރީގައި އޮންނަ މާގިރި: މިނިސްޓަރ މުއްތަލިބް

ތެޔޮ ރައްކާކުރުމަށް ބޭނުން ކުރަމުން އަންނަ ކ. ފުނަދޫ ގައި އެ މަސައްކަތް ހުއްޓާލައި، ތެޔޮ ރައްކާ ކުރުމަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ކ. ތިލަފުށި ކައިރީގައި އޮންނަ މާގިރި ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއްތަލިބް މިފަދައިން ވިދާޅުވީ މާގިރިފަޅު ތަރައްގީ ކޮށް ތެޔޮ ރައްކާތެރިކުރުން އެތަނަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި އެކު މާލެ ސަރަހައްދުގައި ޑައިވިންގެ މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީއެވެ.

މިގޮތުން ތިމާވެށީގެ މަައްސަލަތަކުގައި ވަކާލާތުކުރާ ޖަމިއްޔާއެއްކަމަށްވާ އިކޯކެއަރ މޯލްޑިވިސްއިން ވަނީ މާލޭގެ އުތުރުގައި އޮންނަ މާގިރި ފަޅަކީ ދިރުން ހުރި ރީތި މުރަކަތަކާއި ތަފާތު ކަނޑު އަޑީގެ ދިރުންތަކުގެ ސަބަބުން މަޝްހޫރު 7 ޑައިވް ސައިޓެއް ހުރި ތަނެއް ކަމަށްވާތީ ސަރުކާރުގެ މި ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިކޯކެއަރ މޯލްޑިވިސް ގެ އިތުރުންވެސް ޑައިވިންގެ މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނީ ކ. ފުނަދޫ ކައިރި އޮންނަ މާގިރިފަޅަކީ ގުދުރަތީ މުއްސަނދިކަމާއި، ދިރުންތައް ގިނަ ފަޅެއްކަމަށާއި، އަދި މާލެ ސަރަހައްދުގައި އޮތް އެފަދަ މަދު ފަޅުތަކުގެ ތެރެއިން ފަޅެއްކަމަށެވެ. އަދި މިފަޅު ހިއްކައި ތަރައްގީ ކޮށްފިނަމަ މިއީ އެސަރަހައްދުގައި ހުރި ޑައިވިން ސެންޓަރުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް އެފަރާތްތަކުންގެ ކަންބޮޑު ވުމުގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމަށް ރައްދު ދެއްވާ މިނިސްޓަރ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކ.ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖް ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނަކީ ކ.ތިލަފުށި ކައިރީގައި އޮންނަ މާގިރި ކަމަށާއި، ޝެރެޓަން މޯލްޑިވްސް ފުލް މޫން ކައިރީގައި އޮންނަ މާގިރި ނޫން ކަމަށެވެ.

ކ. ފޮނަދޫގައި ހުރި  ހުރި ތެޔޮ ރައްކާކުރުމަށް ބޭނުންކުރާ ތެޔޮ ޓޭންކްތައް ކ. މާގިރިފަޅަށް ބަދަލުކުރަން ނިންމާފައިވާކަން އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވަނީ ވިދާޅުވެފައެވެ. މިގޮތުން ނާޒިމް ވިދާޅުވީ ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުށަހެޅި މައްސަލަ އާއި ގުޅޭގޮތުން އިކޮނޮމިކް ކައުންސިލްގައި ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

ކ.ފުނަދޫ އިން ތެޔޮ ރައްކާކުރާ ޓޭންކްތައް ކ.މާގިރިފަޅަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ފުނަދޫ ހިމެނޭތީ ދުރުރާސްތާ ކަމެއްގެ ގޮތުގައި ކަމަށް ވެސް ނާޒިމް ވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.