ދާޚިލީ ވަޒީރު ޢަލީ އިޙުސާން-- ފޮޓޯ/ މިނިސްޓްރީ
ހަބަރު
22 Jan 2024 | 14:17
ގާނޫނުތައް އޮޅުވާލައިގެން ނުލިޔެ، ކިޔާ އެއްޗެއް ސާފުކޮށް އެނގޭނެހެން ގާނޫނު ހަދަންވީނޫންތޯ: އިހްސާން

ގާނޫނުތައް އޮޅުވާލައިގެން ނުލިޔެ، އެ ގާނޫނުގައި ބުނާ އެއްޗެއް ސާފުކޮށް އެނގޭނެހެން ގާނޫނު ހެދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހްސާން އެދިވަޑައިގެންފިއެވެ. 

އިހްސާން މިހެން އެދިވަޑައިގެންފައިވަނީ ޖުވެނައިލް ޖަސްޓިސް ސިމްޕޯސިއަމް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

“ޖުވެނައިލް ޖަސްޓިސް” ސިމްޕޯސިއަމް" އަކީ ކުޑަކުދިންގެ އަޛުލުގެ ޤާނުނު ތަންފީޒު ކުރުމުގައި ގުޅިފައިވާ މުޢައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށާއި ގޮންޖެހުންތައް ޙައްލުކުރުމަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ‎ޔުނިސެފް މޯލްޑިވްސް އިން ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސިމްޕޯސިއަމް އެކެވެ. 

އެ ރަސްމިއްޔާތު ގައި ސިމްޕޯސިއަމް ގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ ދިވެހިރާއްޖެ އަކީ، ތަކުރާރުކޮށް، ކުޑަ ކުދިން ކުށަށް ހުށަހެޅި، ކުށުގެ ވެށީގައި އެމީހުންގެ ބޭނުން، ނަހަމަގޮތުގައި ހިފަމުން އަންނަ މާހައުލެއް އޮންނަ ގައުމެއް ކަމަށެވެ. 

އެހެންކަމުން ކުޑަކުދިންގެ ޢަދުލުގެ ގާނޫނަކީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި، ޝަރުޢީ ދާއިރާއިން ނެގުނު އެންމެ ބޮޑު ފިޔަވަޅުކަމަށް އިހްސާން ފާހަގަކުރެއްވި އެވެ. 

ކަންމިހެން ހުރި ނަމަވެސް، އެ ގާނޫނުގައި ކުޑަކުދިންނަށް ވަކި ބާވަތެއްގެ ހައްގު ތަކެއް ކަށަވަރު ކުރެވިފައިވާތީ، އޭގެ ބޭނުން ހިފައިން، ކުށްތަކަށް އަރައިގަންނަ މީހުންނާއި، ގޭންގުތަކުން، ކުށްތައް ކުރުމުގައި ކުޑަކުދިންގެ ބޭނުން ކުރަމުންދާކަމަށް އިހްސާން ވިދާޅުވިއެވެ. 

މިއާއެކު، އިހްސާން ވިދާޅުވީ، ރާއްޖޭގައި ހެދިފައި ހުރި ގާނޫނު ތަކުގެ ތެރެއިން ޚައްސާސް ކަންކަން ހިމެނޭ ގާނޫނުތައް އިސްލާހު ކުރުމުގެ މަރުހަލާ ދަނީ ވަރަށްވެސް ލަހުން ކަމަށެވެ. އެގޮތުން، ކުޑަކުދިންގެ ޢަދުލުގެ ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ހުރިހާ މުއައްސަސާއަކުން ވެސް ބުނަމުންދާއިރު, އެކަން ކުރެވޭތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ. 

އޭގެ ނަތީޖާއެއްގެ ގޮތުން، ހެދިފައި ހުންނަ ގާނޫނާއި ގަވާއިދަށް އާއްމުން ހޭލުންތެރިވެ، އޭގެ ހުރި ކުށްތައް އިސްލާހު ކުރުމުގެ ކުރިން، ކުށުވެ ވެށީގައި ތިބޭ މީހުން އެއަށް އަހުލުވެރިވެ، އޭގައި ހުރި "ލޫޕްހޯލްތައް" ދެނެގަނެ، އެކަމުގެ ނާޖައިޒް ފައިދާ ނަގަމުންދާކަން ފާހަގަކުރައްވައި އެކަމާއި މެދު ފުންކޮށް ވިސްނުމަށް އިހްސާން ވަނީ އެދިވަޑައިގެންފަ އެވެ. 

އަދި ކުޑަކުދިންގެ ހައްގު ތަކަކީ އެންމެ މުހިންމު ކަން ކަމަށްދަނެ، އެކަމަށްޓަކައި ކުރެވޭ އަމަލީ މަސައްކަތް އަވަސް ކުރުމަށް އިހްސާން ވަނީ އެދިވަޑައިގެންފަ އެވެ. 

މީގެ އިތުރުން އިހްސާން ވިދާޅުވީ އެއްބާވަތެއްގެ މައްސަލައިގައި، އެކި ގޮތްތަކަށް ކުށްކުރާ ކުދިންނާއިމެދު ޢަމަލުކުރެވެމުންދާ ކަމަށެވެ. 

"މީހަކު މެރުމުގައި ބައިވެރިވާ ދެކުދިން، އެއްކުއްޖަކު ޖަލުގައި ރިހެބްވަނީ، އަނެއް ކުއްޖަކު ގޭގައި ރިހެބް ވަނީ، އަނެއް ކުއްޖަކު މަގުމަތީގައި ރިހެބްވަނީ، އަނެއް ކުއްޖާގެ އޭނާގެ ޒާތުގައި އަމިއްލައަށް ރިހެބްވަނީ. މިއީ އެއް ލިޔުމަކުން ލިޔެވިފައިއޮތް، އެއް ގާނޫނެއް ބަލައިގެން އަޅުގަނޑުމެން ޢަމަލުކުރަމުންދާގޮތް. މިވެސް އެބަޖެހޭ ބަދަލުވާން. ސާފު ދިވެހި ބަހުން ހުންނަ އެއްޗެހި، އަޅުގަނޑުމެން އެކި މީހުން، އެ ކިޔާއިރު، އެކި ގޮތްގޮތަށް މި މާނަ ކުރެވޭ ކަމަށް ވަންޏާ މިއަށްވުރެ ފަސޭހަކޮށް ލިޔަންވެއްޖެ އެއްނޫންތޯ؟ ގާނޫނުތައް ލިޔާއިރުވެސް އެހާ އޮޅުވާލައިގެން، އަޅުގަނޑުމެން އަމިއްލަ ނަފްސަށް އޮޅުވާލުމުގެ ބޭނުމެއް ނެތްތާ. ސާފުކޮށް ލިޔަންވީ ނޫންތޯ.؟"

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހްސާން

އެހެންކަމުން، އިހްސާން ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިވާނެ ގޮތަށް، ގާނޫނުގައި ބުނާ އެއްޗެއް ސާފުވާނެ ގޮތަށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ބަދަލުކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެމަސައްކަތް އަވަސް ކުރެއްވުމަށްވެސް އިހްސާން ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.