އެފްއޭއެމްގެ އޮފީސް
ހަބަރު
22 Jan 2024 | 16:39
އެފްއޭއެމް އިންތިހާބުގެ ކަންކަން ބާޠިލްކޮށް އަލުން ފަށަން ފީފާއިން އަންގައިފި!

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް ގެ އިންތިހާބާއި ގުޅިގެން މިހާރު ނިންމާފައިވާ ހުރިހާ ނިންމުމެއް ކެންސަލްކޮށް އަލުން އެ އިންތިޚާބުގެ ކަންކަން ފެށުމަށް ފީފާއިން އަންގައިފި އެވެ. 

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) ގެ ކެންޑިޑެންސީގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް، އިލެކްޓޯރިއަލް ކޮމެޓީން ނިންމި ނިންމުމާ ދެކޮޅަށް އޭނާގެ ފަރާތުން އިސްތިއުނާފަށް ވަނީ ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން އެފްއޭއެމްއިން މިމަހު 15 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެފްއޭއެމްގައި އިންތިޚާބީ އެޕީލްސް ކޮމެޓީއެއް ނެތްކަމުން، އެ މައްސަލަ އަށް ހައްލު ހޯދުމަށް، އެފްއޭއެމްގެ ބެލެނިވެރި ފަރާތް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާާރާ (އޭއެފްސީ)ގައި އެދިފައި ވާނެ ކަމަށެވެ. 

އެ މައްސަލާގައި، މިއަދު ފީފާއިން ވަނީ 4 ފިޔަވަޅެއް އެޅުމަށް އެފްއޭއެމް އަށް އަންގާފައެވެ. އެއީ؛

1) އެފްއޭއެމްގެ އިންތިޚާބުގެ އިލެކްޓޯރަލް ޕްރޮސެސް ސައްހަ ނޫންކަމާއި، މިހާރުގެ އިލެކްޓޯރަލް ޕްރޮސެސް އެއްކޮށް ބާތިލް ކުރުން

2) އެފްއޭއެމް ގެ ކޮންގްރެސްއެއް ބާއްވައި، އިލެކްޓޯރަލް ކޮމިޓީއަށާއި އެޕީލް ކޮމިޓީއަށް  އެއް ކޮންގްރެސްގެ ތެރެއިން މެންބަރުން އިންތިޚާބު ކުރުން

3) އެ ދެ ކޮމިޓީއަށް އިންތިޚާބު ކުރާ މެންބަރުންނަކީވެސް އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑާއި, އަސާސީ ގަވާއިދާއި އެއްގޮތަށް އިންތިޚާބު ކުރާ މީހުންކަން ކަށަވަރު ކުރުން

4) އެފްއޭއެމް އިންތިޚާބުގެ ކަންކަން އެންމެ ފުރަތަމަ މަރުހަލާއިން އަލުން ފަށައި އެގްޒެކްޓިވް ކޮމިޓީއަށް މެންބަރުން އައްޔަން ކުރުން 

މީގެ ކުރިން އެފްއޭއެމް އިންތިހާބު ބާއްވަން އޮތީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.