މެދުހެންވޭރު ދާއިރާއަށް އިންތިހާބުވި ކައުންސިލަރު އަހްމަދު ރިޝްވާންގެ ފޯމް ރައީސް ޑރ.މުއިއްޒާއި ހަވާލުކުރައްވަނީ / ފޮޓޯ:ޕީއެންސީ
ހަބަރު
22 Jan 2024 | 20:13
ހުވާނުކުރެވި އުޅެނިކޮށް އެމްޑީޕީ ކައުންސިލަރު ޕީއެންސީއަށް ސޮއި ކުރައްވައިފި

ހުވާނުކުރެވި އުޅެނިކޮށް އެމްޑީޕީގެ ޓިކެޓުގައި މާލޭ މެދުހެންވޭރު ދާއިރާއަށް އިންތިހާބުވި ކައުންސިލަރު އަހްމަދު ރިޝްވާން މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

މި މަހު 13 ގައި ބޭއްވި ބައި އިލެކްޝަންގައި އިންތިހާބުކުރި މެންބަރުންނާއި މޭޔަރު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެއެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލޭ މެދުހެންވޭރު ދާއިރާއަށް އިންތިހާބުވި އަހްމަދު ރިޝްވާން ޕީއެންސީ އަށް ސޮއިކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ވަނީ ފޯމު ހަވާލުކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވި ހަތަރު ގޮނޑީގެ ތެރެއިން ދެ ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިން ކާމިޔާބު ކުރިއިރު ، އަނެއް ދެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންނެވެ.

އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާމިޔާބުކޮށްފައި ވަނީ މާފަންނު ދެކުނާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑިއެވެ. އަދި  އެމްޑީޕީން ކާމިޔާބު ކުރީ އާދަމް އާޒިމް ކާމިޔާބު ކުރެއްވި މާލޭގެ މޭޔަރު ކަމުގެ ގޮނޑި އާއި މެދުހެންވޭރު ދާއިރާގެ ގޮނޑިއެވެ.

މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި އަހްމަދު ރިޝްވާން މިއަދު ޕީއެންސީއަށް ސޮއިކުރައްވުމާއި ގުޅިގެން އެ ކޯލިޝަނުން ވަނީ އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ .

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.