ކަޅުއޮށްފުންމި ބަނދެ ނިމުމަށް ފަހު ނޭކުރަންދޫގައި-- ފޮޓޯ: ޕީއެސްއެމް
ހަބަރު
23 Jan 2024 | 14:07
ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ފަށައިފި

މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅު ކަމުގައިވާ ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މާލެ ގެނައުމަށް ހަމަޖެހިފައިވަނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލުކަމަށާއި އެ އޮޑިކޮޅު ގެނައުމަށް ހަމަޖެހިފައިވަނީ މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ކަމަށެވެ.

ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ކަޅުއޮށްފުންމި ބެހެއްޓުމަށް ކަނޑައެޅުނީ  އޮޑިކޮޅު ގެނައުމަށް ފަހު ބެހެއްޓުމަށް އެކަށީގެންވާ ތިން ސަރަޙައްދެއްގެ ސަރވޭ ކުރުމަށް ފަހު ކަމަށް ވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އެކި މަރުޙަލާތަކަށް ބަހާލައިގެން ކަޅުއޮށްފުންމި އާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެވުޒާރާއިން ވަނީ ރާވާފައެވެ. މިގޮތުން މިހާރު ކުރިއަށް ދާ މުހިންމު މަސައްކަތް ތަކަކީ އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް ޢަމަލު ކުރާނެ ގޮތެއް ހަމަޖެއްސުން ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ކަޅު އޮށްފުންމި މާލެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގުޅިގެންނެވެ.

 ކަޅުއޮށްފުންމި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ހަފްތާއެއްހައި ދުވަސް ތެރޭ ނިންމުމަށް އެވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މި މަޝްރޫއާއި ގުޅިގެން  ކުރަން ރޭވިފައިވާ ބައެއް ކަންކަމުގެ ތެރޭގައި މަރާމާތުގެ މަސައްކަތް ކޮންސަލްޓުންޓާ ހަވާލުކުރުމާއި، ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބަހައްޓާތަން ތައްޔާރުކުރުމާއި، އޮޑިހަރުގެ އެޅުމުގެ އިތުރުން ކަޅުއޮށްފުންމި ބަލާލަން ތިބެވޭނެ ޕްލެޓްފޯމް ތައްޔާރުކުރުން ހިމެނެއެވެ.

ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު ޢާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު އޮޑިކޮޅު ގެނެސް އެކަމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެއެވެ.

މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަޅުއޮށްފުންމީގެ ނަކަލު ބަދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެންނެވެ. މި އޮނޑިކޮޅު ބަދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުންނައިރު، އަލަށް ބަނދެވުނު ނަކަލު  މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން 50 ގެ ރަސްމިއްޔާތު ނިމުމުން އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.

މި އޮޑިކޮޅު މާލެ ގެނައުމުގެ ބޭނުމަކީ އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުން ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ކޮމެންޓް
މޮހޮނު
ރަގަޅު ކަމެއް، ގެސްޓުންނަށް ދެއްކުމަށް، ދެން ބަދެގެން ގެންނނަންވީ ދިވެހި ރިޔަލު ދޯނި އަދި ވަދު ދޯނި ފަދަ ތަކެތި ،
23 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.