ގއ ވިލިނގިލި-- ފޮޓޯ: އިންޓަނެޓް
ހަބަރު
23 Jan 2024 | 18:07
ހޯއްގޮވާ ކެއްސުމުގެ ވޭދަނަ ތަކެއް ގއ.ވިލިނގިލިން ފެނިއްޖެ

ޕަރޓޫޓިސް ނުވަތަ ހޯއްގޮވާ ކެއްސުމުގެ ވޭދަނަ ތަކެއް ގއ.ވިލިނގިލިން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު  ހޯއްގޮވާ ކެއްސުމުގެ ބައްޔަށް ގއ.ވިލިނގިލިން 3 ކުޑަ ކުއްޖަކު ފައްސި ވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ބައްޔަކީ ގަވާއިދުން ވެކްސިން ދޭންފެށުމާއި ގުޅިގެން ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ނަމަވެސް މަދު މަދުން ރާއްޖެއިން ފެންނަ ބައްޔެއް ކަމަށެވެ.

މި ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނަށް ކަމަށްވާތީ 7 އަހަރު ނުވާ ކުޑަކުދިންގެ ތެރެއިން މި ވެކްސިން ފުރިހަމަ ނުކޮށް ތިބި ކުދިންނަށް ވީހާވެސް އަވަހަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މި ބައްޔަށް ޖަހާ ވެކްސިން އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން ލިބެން ހުންނާނެ ކަމަށް ވެސް އެއިދާރާއިން މައުލޫމާތުދެއެވެ.

މި ކޭސްތައް ރާއްޖެއިން ފެނުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ އައިޖީއެމްއެޗް އާއި ގއ.އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ޕޮސްިޓިވް ވެފައިވާ ކޭސް ތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދަން ފަށާފައެވެ. މީގެ ތެރެއިން ބައްޔަށް ޕޮސިޓިވް ވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި ބަނޑަށް 6 މަސްވެފައިވާ މާބަނޑު މީހުންނަށް އެންޓިބައޮޓިކް ޕްރޮފައިލެކްސިސް ދިނުން ހިމެނެއެވެ. އަދި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓު ކުރުމާއި، ބަލިީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންނަށް ބޭސްދީ، ގއ. އަތޮޅު ހޮސްޕިޓަލުން މިކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި، ބަލި ކޮންޓޮރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާއި ގުޅިގެން ކުރަމުން އަންނަކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން، ކެއްސުން ދިގުލައިގެންދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫ ތަކެއް ދިމާވާ ނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ ބައްޔެއް ހުރި ނަމަ، ނުވަތަ ތުއްތުކުއްޖެއް ނުވަތަ މާބަނޑު މީހެއް ނަމަ ސިއްހީ ހިދުމަތްދޭ ފަރާތެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ޕަރޓޫޓިސް ނުވަތަ ހޯއްގޮވާ ކެއްސުމަކީ ބޯޑެޓެލާ ޕަރޓޫސިސް ކިޔާ ވައްތަރެއްގެ ބެކްޓީރިއާއެއްގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ގައިން ގައިން ވަރަށް ފަސޭހައިން އަރާ މި ބަލި ފުރަތަމަ ޖެހުމުން ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އެހެންނަމަވެސް ހަފްތާއެއް ފަހުން ކެއްސުން ދިގުލައިގެން ގޮސް ވަރަށް ގިނަ ދުވަހަށް ދެމިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ