އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
24 Jan 2024 | 13:42
ހުޅުމާލޭ ފޭސް ދޭއްގައި ޤާއިމުކުރާ ހުރިހާ މިސްކިތެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމިގެންދާނެ: ޑރ. ޝަހީމް

ހުޅުމާލޭ ފޭސް ދޭއްގައި ޤާއިމުކުރާ ހުރިހާ މިސްކިތެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ހިލޭ އެހީގެ ދަށުން މިސްކިތްތަށް އިމާރާތް ކުރުމަށް އެދޭ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި ޤާއިމު ކުރާ ހުރިހާ މިސްކިތެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އޭގެތެރެއިން ހުޅުމޭލެ ފޭސް ދޭއްގައި އަޅާ 1،500 މީހުންގެ ދާއިމީ މިސްކިތް ކުރިއަށް މި އޮތް ރަމަޟާން މަހަށް ނިމިގެންދާނެ ކަމަށެވެ. އަދި މި މިސްކިތުގައި ދަމު ނަމާދާއި ތަރާވީސް ނަމާދުވެސް ކުރެވިގެންދާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރ ޝަހީމް ވިދާޅުވީ  އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކުރުމަކީ ވަރަށް މާތް މަތިވެރި ކަމެއް ކަމަށާއި އެއީ މާތް الله ލޯބިވެވޮޑިގަންނަވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އަޅާފައިވާ ރީތި ބޮޑެތި މިސްކިތްތަކަކީ އަމިއްލަ ފަރުދުންނާއި އާއިލާތަކާއި ވިޔަފާރިތަކުން ކަމަށާއި، އެކަމުން ދައްކުވައިދެނީ އާންމު ފަރުދުންގެ މެދުގައި ދީނީ ކަންތައްތަކަށް އޮތް ލޯބި ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިފަދަ މަސައްކަތްތައް ކުރާ އެންމެހާ ފަރާތްތަކަށް ސަރުކާރުން އެއަބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޝަހީމް ގެ ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެންގެ ވުޒާރާ އިން ވާނެ އަޅުގަނޑުގެ އިލްތިމާސްއެއް ކޮށްފައި މުޖުތަމައުއަށް، ތަނަވެސްކަމުގެ އަހުލުވެރިން މުދަލާއި ފައިސާ ރާއްޖޭއިން ބޭރަށް ޚަރަދުނުކޮށް، އެންމެ ރަނގަޅު ގޮތަކީ އެ ޤައުމެއްގެ ތަނަވަސް ކަމުގެ އަހުލުވެރިންގެ ސަދަޤާތާއި ހައިރާތުގެ ފައިސާ އެ ޤައުމެއްގެ އެތެރެއަށް ޚަރަދުކުރުން އެހެންނަމަވެސް އިންސާނީ ދަތި ހާލަތު މެދުވެރިވާ ހިނދު ބޭރުގެ ފަރާރްތަކާއި މުސްލިމުން އަޚުންނަށް އެހީވުމަކީ ކުރަންޖެހޭ ކަމެއް. ތަނަވަސް ކަމުގެ އަހުލުވެރިންނަށް އޮތް އިލްތިމާސް ކުރަނީ މިސްކިތްތައް ބިނާކުރުމުގައި އެހީތެރިވެދޭށޭ."

ޝަހީމް ވިދާޅުވިއެވެ.

ދާދި ފަހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތްތައް ހިނގަމުންދާގޮތް މިނިސްޓަރ ޝަހީމް ބައްލަވާލައްވާފައިވާއިރު މީގެ ކުރިން މިނިސްޓަރ ޝަހީމް ވަނީ އަމިއްލަ ފަރާތްތަކެއްގަ ދީލަތި އެހީގައި ހުޅުމާލެގައި އިތުރު 2 މިސްކިތް، މާލެގައި ތިންބުރީގެ 1 މިސްކިތް އެޅުމަށް ފުރުސަތު ލިބިފައިވާކަމަށާއި ކުރިއަށް އޮތް ދޮޅުއަހަރު ތެރޭ އެ ތަންތަނުގެ މަސައްކަތް ނިމޭނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް މިދިޔަ ޑިސެމްބަރުގައި މިނިސްޓްރީން ވަނީ އެ ފުރުސަތު ހުޅުވައިލައިފައިވާއިރު، މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ