އަމީނީ މަގުގައި އިން ވަޅުގަނޑު މަރާމާތުކޮށްފައި-- ފޮޓޯ: އާރުޑީސީ
ހަބަރު
24 Jan 2024 | 15:07
ތާރު އަޅާ ނިމުނަސް، އަމީނީމަގުގެ މެއިންޓަނަސް މަސައްކަތް ކުރަމުންދާނެ: އާރުޑީސީ

އަމީނީ މަގުގައި ތާރުއަޅާ ނިމުމުން އަމީނީ މަގުގެ މަޝްރޫއުގެ ދަށުން އެ މަގުގެ މެއިންޓެނެންސް މަސައްކަތް ކުރަމުންދާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

ތާރުއެޅިތާ މަހެއްވެސް ނުވަނީސް އަމީނީ މަގުގައި ވަޅުގަނޑެއް ހެދިފައިވާކަމަށް ސޯޝަލް މީޑިއާގައި އާއްމު ފަރާތަކުން ފާޅުކުރި ކަންބޮޑުވުމަށް ރައްދު ދެމުން އާރުޑީސީ އިން ބުނީ އެއީ އެމްޑަބްލިއުއެސްސީގެ ވޯޓަރ ގޭޓް ވޭލްއެއް ކަމަށާއި އެތަން މިހާރު ވަނީ މަރާމާތު ކުރެވިފައި ކަމަށެވެ.

އަމީނީމަގު މަޝްރޫޢުގެ ތެރޭގައި އެމަގުގެ މެއިންޓަނަސް މަސައްކަތްތައް ބެލެހެއްޓުންވެސް ހިމެނޭކަމަށާއި އެގޮތުން ޖަންކްޝަންތަކާއި މަގުގެ މެއިންޓަނަސް މަސައްކަތް ކުރަމުންދާނެ ކަމަށް އާރުޑީސީ އިން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން ފެށި އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ނުނިމި އޮތް ބައިގެ މަސައްކަތް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 9 ގައި ވަނީ އަލުން ފަށާފައެވެ. 

މި މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދަނިކޮށް ރާއްޖެއަށް ދާދި ފަހުން ކުރި ވިއްސާރައިގައި މަސައްކަތް ވަނީ މެދުކެނޑިފައެވެ. ނަމަވެސް މޫސުން ރަނގަޅު ވުމާއި އެކު މަސައްކަތް އަލުން ފަށައި އަމީނީ މަގު ވަނީ އެއްކޮށް ނިންމާލާފައެވެ.

އެ މަގުގެ ފަހު ސެގްމެންޓް ފުޅާ ކޮށްހަދައި، އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި ޕަމްޕް ވެސް ވަނީ ބަހައްޓާފައެވެ.

އަމީނީ މަގުގައި ތާރު އަޅާ ނިންމާލުމަށްފަހު އެ މަގު އާންމުނަށް ހުޅުވާލީ މިމަހުގެ 13 ވަނަ ދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.