އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Jan 2024 | 18:03
ރައީސް ޑރ.މުއިއްޒު ސަރުކާރާއި ހަވާލުވިއިރު 7 ބިލިއަން ރުފިޔާގެ ބިލް ނުދައްކާ ހުރި: ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ސަރުކާރާއި ހަވާލުވިއިރު 7 ބިލިއަން ރުފިޔާގެ ބިލު ނުދައްކާ ހުރި ކަަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިފަދައިން ވިދާޅުވީ ސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ނުކުރާކަމަށް ބައެއް ސިޔާސީ ލީޑަރުން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވައި މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ސައީދު ވިދާޅުވީ މި ރުފިޔާތައް ނުދައްކާ ހުރުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

"ރައީސް ޑރ މުއިއްޒު ސަރުކާރާއި ހަވާލުވިއިރު ގާތްގަޑަކަށް 7 ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލުތައް ހުރި. ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވަނީ ވަރަށް ބޮޑަށް!"

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރު ކުރަން މަސައްކަތް ނުކުރާ ކަމަށް ބުނެ ފާޑު ކިޔުމުގެ ސަބަބުން އެވާހަކަތަކަށް ރައްދު ދެއްވައި އިއްޔެ ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދައުލަތާއިި މީގެ ކުރީން ހަވާލުވި ވެރީން އެބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ 2 މަސްދުވަހު، "ސަރުކާރުގެ" އާމްދަނީ އިތުރުކުރުމަށް ކުރެއްވި މަސައްކަތަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި މި ސަރުކާރަކުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ޤާނޫނު ތަޅުއަޅުވާފައި ފައިސާ ޗާޕުކުރުމާއި މާލީ ޒިންމާއިން ރެކުމަކީ ކުރާނެ ކަމެއް ނޫންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު ސަރުކާރުން އިއުލާން ކުރަމުންދާ ކަންކަމުން ފެންނަމުންދަނީ ޚަރަދުތައް އިތުރުވާތަންކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ފުންފަޅުގޭގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެނީ، ތުއްތު ކުއްޖަކު ހިމެނޭ
ގަލޮޅު ފުންފަޅު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
06 Jul 2026
ގަލޮޅު ފުންފަޅު ގޭގައި ރޯވުން: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ
އެންޑީއެމްއޭ އިން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށެވެ.
06 Jul 2026
ހިޔާގެ ހުރިހާ ޓަވަރެއްގައި ދެ ލިފްޓް ހަރުކޮށް ނިންމައިފި
ހިޔާ ޓަވަރުތަކުގައި އިތުރަށް ހަރުކުރި 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުވި ކަމަށް އެޗްޑީސީން ބުނެ އެވެ.
05 Jul 2026
ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލައެއްގައި އަލިފާނުގެ ހާދިސާއެއް
05 Jul 2026
ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ކަންކަން ކުރެވޭނެ ގޮތް ހަދަނީ
"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ," މުއްތަލިބު ވިދާޅުވި އެވެ.
05 Jul 2026
ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
"ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ
05 Jul 2026
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.
05 Jul 2026
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަނީ
ފޯރަމް އޮންނާނީ ނިވާ ކުރުމްބާ ގަ އެވެ. ދެ ދުވަހަށް މި ފޯރަމް ކުރިއަށް ދާނީ 29 އަދި 30 ވަނަ ދުވަހު އެވެ.