އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް-- ފޮޓޯ: ވޮއިސް
ހަބަރު
24 Jan 2024 | 18:14
މިއުޅެނީ ކައިވެންޏެއް ކުރާކަށް ނޫން، އެކީގައި މަޖިލިސްގެ ގޮނޑިތައް ހޯދުމުގެ ވިސްނުމެއް ނެތް: ފައްޔާޒް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަޖިލިސްގެ ގޮނޑިތައް ހޯދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ހުރިހާ ދާއިރާ އަކަށް ވެސް އެމްޑީޕީން ކުރިމަތިލާނެ ކަމަށާއި ދަ ޑިމޮކްރެޓްސް އިން އެ ޕާޓީން އިން ބޭނުންވާ ދާއިރާތަކަށް ކުރިމަތި ލެވޭނެ ކަމަށެވެ.

މީގެ އިތުރުންވެސް ފައްޔާޒް ވިދާޅުވީ ދެ ޕާޓީގެ މެދުގައި އޮތް ހިޔާލު ތަފާތުވުން އެގޮތަށް އަދިވެސް އެބަހުރި ކަމަށާއި ދެ ޕާޓީއިން ވެސް މަސައްކަތް ކުރަނީ މިގައުމުގައި ދެ ޕާޓީންވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެކަންކަން މަޖިލިސް ގެ ތެރެއިން އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި ދެޕާޓީން ވެސް ވަނީ އެއްބަސްވެވޭ ކަންތައްތަކެއްގެ މަތީގައި 19 ވަނަ މަޖިލިސް ގެ ތެރެއިން އެ މަސައްކަތް ކުރަން ނިންމާފައި ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ އެއްގޮތަކަށް ވެސް ކައިވެންޏެއް ކުރާކަށް ނޫން. އިނގޭތޯ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިގައުމުގައި އަޅުގަނޑުމެން ދެބައިވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ އެކަންކަން އަޅުގަނޑުމެން މަޖިލިސް ގެ ތެރެއިން އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދައިން. އެ ގޮތް އަޅުގަނޑުމެންނަށް އެބަ ލިބޭ."

ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފައްޔާޒް ވިދާޅުވީ އަނެއްކާވެސް އިތުރު ސިޔާސީ މަސައްކަތް އެކުގައި ކުރަން ނިންމާނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވިގެން އަންނަ ގޮތަކުންނާއި އެ އިރެއްގައި ހާލަތަށް ބިނާކޮށް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިއަދު އެމްޑީޕީ އާއި ޑިމޮކްރެޓްސް ގެ މަސައްކަތަކީ ހަމައެކަނި ސަރުކާރުގެ މިސްރާބު ހުރިގޮތުން ގައުމާއި ދޭތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް  އިހުސާސް ކުރެވި، ލޯމައްޗަށް އެކަންކަން ގޯސްވާކަން ފެންނަމުން ގޮސް އެ ޔަގީންކަން ހިތަށް ވަންނާތީވެ އެކަން އެހެން ވިޔަ ނުދިނުން ކަމަށެވެ. މިކަން ކުރަން އެ ދެޕާޓީން ނިންމީ ގައުމާއި ސަރުކާރު ހަމަ މަގަށް އަޅުވައި، ރައްޔިތުންގެ ލާބައާއި މަންފާއަށް މި މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އަސްލު ވެސް
ބޭރައް މަޖިލީހުގެ އަމީން އާމްއާ ގުރޫޕެއް މިދިޔައީ އެފްރިކާއަށާ ލަންކާއައް ދިޔައީ ހަމަ ސީދާ އިންޑިޔާއާ ގުޅިގެން މިކުޅިގަޑު ރާވާން ކަން ސާބިތުވޭ ރަސްމީ ދަތުރޭ ކިޔައިގެން
25 Jan 2024
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.