އިންސާނާގެ ފުރާނައަށް ގެއްލުން ނުލިބޭ މަގުން ގުނަވަންތަކަށް ތަސައްރަފް ކުރުމަކީ ހުއްދަ ކަމެއް-- ފޮޓޯ: ސީއެންބީސީ
ހަބަރު
25 Jan 2024 | 14:10
ޝަރީއަތުގައި ހުއްދަ މިންވަރަށް ޖިސްމުގެ ގުނަވަންތަކަށް ތަސައްރަފު ކުރުން ހުއްދަ: ފަތުވާ ދޭ މަޖިލިސް

އިންސާނާގެ ޖިސްމުގައި ހުރި ގުނަވަންތަކުގެ ތެރެއިން، އިންސާނާގެ ފުރާނައަށް ގެއްލުން ނުލިބޭ މަގުން، އިސްލާމީ ޝަރީއަތުގައި ހުއްދަ ދެއްވާފައިވާ މިންވަރަށް ޖިސްމުގެ ގުނަވަންތަކަށް ތަސައްރަފް ކުރުން ހުއްދަ ވެގެން ވާކަމަށް ރާއްޖޭގެ ފަތުވާ ދޭ މަޖިލީހުން ބުނެފިއެވެ.

އެ މަޖިލީހުން މިފަދައިން ބުނީ އިންސާނީ ގުނަވަން ހަދިޔާ ކުރުމާއި އިންދުމުގެ ޝަރުއީ ހުކުމް އޮޅުންފިލުވައިދީ ނެރެފައިވާ ފަތުވާ ގައެވެ.

ފަތުވާދޭ މަޖިލީހުން ބުނީ އިންސާނީ ޖިސްމުގެ ގުނަވަނެއް ހަދިޔާ ކުރުމުގެ މައްސަލައިގައި ޝަރީއަތުގައި ވާރިދުވެފައިވާ ބައެއް ނައްސުތަކާއި، ހާލަތުތައް ދިރާސާ ކުރުމަށް ފަހު ދީނުގެ އިލްމުވެރިން މިކަން ވަކި ހައްދަކަށް ހުއްދަ ކުރައްވާކަމަށާއި އާންމުގޮތެއްގައި ގުނަވަން ބަދަލުކުރެވެނީ ދެ ޙާލަތެއްގައި ކަމަށެވެ.

މިގޮތުން ފުރަތަމަ ހާލަތަކީ ފުރާނަ ސަލާމަތްކުރުން ފަދަ ޟަރޫރީ ހާލަތްތައް ކަމަށް ފަތުވާދޭ މަޖިލީހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމުގެ ގަސްތުގައި ހިތުގެ ނާރު ބެދިގެން، ހަށިގަނޑުގެ އެހެންތަނަކުން ލޭނާރު ނަގައިން ހިތުގެ ތެރެއަށް ލުން ހިމެނެއެވެ.

ދެވަނަ ހާލަތަކީ އިންސާނާގެ ޖިސްމުގެ ތަނަކުން ހަން ހަލާކުވެފައިވާއިރު، ޖިސްމުގެ އެހެން ތަނަކުން ހަން ނަގައި، ހަލާކުވެފައިވާ ތަނުގައި އިންދުން ފަދަ ގުނަވަނެއް ބަދަލު ކުރުމުގެ ބޭނުންތެރިކަން އޮތުމެވެ.

އިންސާނާގެ ޖިސްމުގެ ގުނަވަނެއް ބަދަލު ކުރެވޭނެ ދެގޮތެއް ފަތުވާ ދޭ މަޖިލީހުން ނެރުނު ފަތުވާގައި ވަނީ ބަޔާންކޮށްފައެވެ. މި ހާލަތުގައި އިންސާނެއްގެ ފުރާނައަށް ގެއްލުން ނުލިބޭނަމަ ހުއްދަ ކަމަށާއި މި ހާލަތުގައި އެއްވައްތަރެއްގެ ގިނަ ގުނަވަން ހުންނަ ޒާތުގެ ގުނަވަނެއް މިސާލަކަށް ކިޑްނީ ފަދަ ތަކެތި ނެގުމުން އިންސާނާގެ ފުރާނައަށް ގެއްލުން ނުލިބޭނަމަ ހުއްދަ ކަަމަށް ފަތުވާގައި ވެއެވެ.

އިންސާނާގެ ޖިސްމުގެ ގުނަވަނެއް ބަދަލު ކުރާއިރު މަރުވެފައިވާ މީހެއްގެ ގުނަވަނެއް ބަދަލުކުރުން ހުއްދަ ވާނީ އެމީހެއްގެ ސިނކުޑިއާއި، ހިތާއި ނޭވާލުން ފުރިހަމަ އަށް ހުއްޓުމުގެ ސަބަބުން އަލުން ދިރުމެއް ނުލިބޭނެ ކަމަށް އިތުބާރު ހުރި މުސްލިމް ޑޮކްޓަރުންގެ ޓީމަކުން ނިންމައިފިނަމަ ކަމަށް ފަތުވާ ދޭ މަޖިލީހުން ވަނީ ބުނެފައެވެ. މިހާލަތުގައި މަރުވެފައިވާ ކާފަރެއްގެ އުރަވަޅި ފިޔަވާ އެހެން ގުނަވަންތައް ނަގާ ދިރިހުރި މީހެއްގެ ޖިސްމުގައި އިންދުންވެސް ހުއްދަ ކަމަށް ފަތުވާގައި ބުނެއެވެ.

އެހެންނަމަވެސް އިންސާނާގެ ޖިސްމުގެ ގުނަވަނެއް ބަދަލު ކުރެވޭނެ ދެގޮތްވެސް ހުއްދަ ހާލަތުގައި ފައިސާއެއް ނުވަތަ ހަދިޔާ އެއް ނުވަތަ އެނޫންވެސް އެއްވެސް އެއްޗެއް ދީގެން އިންސާނެއްގެ ގުނަވަނެއް އެހެން އިންސާނެއްގެ ގުނަވަނަކަށް ނަގުލު ކުރުމަކީ ހަރާމް ކަމެއް ކަމަށް ވެސް ފަތުވާގައި ބަޔާން ކުރެއެވެ.

އިންސާނެއްގެ ހަށިގަނޑަށް ގުނަވަން ލުމުގެ ތެރެއިން ޖަނަވާރެއްގެ ހަށިގަނޑުން ގުނަވަނެއް ނަގައި ލެވޭނީ އެ ޖަނަވާރަކީ ތާހިރު ޖަނަވާރަކަށް ވާނަމަ ކަމަށާއި، މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ނޫނީ ނަޖިސް ޖަނަވާރެއްގެ ގުނަވަން އިންސާނެއްގެ ހަށިގަނޑަށް ނަގުލު ކުރުން ހުއްދަ ވެގެން ނުވާކަމަށްވެސް ފަތުވާ ދޭ މަޖިލީހުން ވަނީ ބުނެފައެވެ.

މި ހުކުމްތައް ބިނާކޮށްފައިވަނީ ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ އިސްލާމްދީނުގައި ކަނޑައެޅި ބަޔާންވެފައިވާ އުސޫލުތަކުގެ މައްޗަށް ކަމަށް ވެސް އެ ފަތުވާގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.