ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
ހަބަރު
25 Jan 2024 | 21:37
ރައީސްގެ ޗައިނާ ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ޚަރަދުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުންނާއި، ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދު މި މަހުގެ އަށްވަނަ ދުވަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު  މިދަތުރުފުޅަށް ޗައިނާއަށް ފުރާވަޑައިގެންނެވީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި އެބުރި ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި ދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ދަތުރުގެ ދެކޮޅު ޓިކެޓަށް ޖުމުލަ 2،020،482.60 ރުފިޔާ ހަރަދު ވެފައިވެއެވެ. 30 ބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި 300،495 ރުފިޔާ ހަރަދުވެފައިވާއިރު، ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިވެންޓް ޚަރަދުގެ ގޮތުގައި 3،374.79 ރުފިޔާ ޚަރަދު ވެފައިވެއެވެ. އަދި ސިމްކާޑާއި ވީޕީއެން ޚަރަދަށް 14،341.69 ރުފިޔާ ޚަރަދު ވެފައިވާއިރު، އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،419.85 ރުފިޔާ ވަނީ މި ދަތުރުފުޅުގައި ޚަރަދުވެފައެވެ.

މިހުރިހާ ކަމަކަށް ޚަރަދުވެފައިވާ ވަރަށް ބަލާއިރު ، ރައީސްގެ ޗައިނާ ދަތުރުފުޅަށް ޖުމުލަ ޚަރަދު ވެފައިވަނީ 2،428،113.93 ރުފިޔާ ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް އާއި އެކީ ވަޑައިގެންނެވި ވަފުދުގައި ހިމެނި ވަޑައިގަންނަވި ބޭފުޅުންގެ ހުރުމާއި ފަރިއްކޮޅުގެ ހަރަދު ހަމަޖައްސަވައި ދެއްވާފައި ވަނީ ޗައިނާ ސަރުކާރުންނެވެ.

ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ރައީސް، ޝީ ޖިންޕިން އާއި ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެމެދު ވަނީ ރަސްމީ ވާހަކަފުޅުތައް ބާއްވަވާ، އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައެވެ.

މި ދަތުރުފުޅުން އެބުރި ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ހުރިހާ ގޮތަކުންވެސް ވަރަށް ކާމިޔާބު ދަތުރުފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.