ދީން
26 Jan 2024 | 13:37
"ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ހުށްޓެވެ!"

ރުޅި ނައުމަކީ، އޭގެ އަޖުރެއްގެ ގޮތުން އަހަރެމެން މުސްލިމުންނަށް ސުވަރުގެ ދެއްވާނެ ކަމެއް ކަމަށް ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ހަދީޘް ބަސްފުޅުތަކުން އެނގޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

ރުޅި މަޑުކުރުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ވަނީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ސުންނަތުގެ އަލީގައި ރުޅިމަޑުކުރުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވާ މިންވަރަށް އަލިއަޅުވާލާފައެވެ. 

"اَبُوْ هُرَيْرَة رَضِيَ اللّٰهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެއްދުވަހަކު މީހަކު ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ އަރިހަށް އައިސް، ނަސޭހަތެއް ދެއްވުމަށް އެދި ދެންނެވުމުން ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (لَا تَغْضَبْ) މާނައީ: "ތިބާ ރުޅި ނާންނާށެވެ!" އެމީހާ ތަކުރާރުކޮށް ދެންނެވުމުންވެސް ދެއްވީ ހަމަ އެޖަވާބެވެ." 

"އަދި أَبُوالدَّرُدَاء رَضِيَ اللّٰهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެއް ދުވަހަކު މީހަކު ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ އަރިހަށް އައިސް ދެންނެވިއެވެ. އަޅުގަނޑަށް ސުވަރުގެ ވައްދަވާނެ ޢަމަލެއްގެ ވާހަކަ ވިދާޅުވެ ދެއްވާނުތޯއެވެ! އެހިނދު ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (لَا تَغْضَبْ، وَلَكَ الْـجَنَّةُ) މާނައީ: "ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ހުށްޓެވެ!"

މިއާއެކު ޚުތުބާގައި ބުނީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ މި ބަސްފުޅުތަކުން އަހަރެމެންނަށް ގޮވައިލައްވަނީ، ރުޅި މަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށް ކަމަށެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ރުޅި މަޑުކުރުން މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސް ކަމަށެވެ.

ރުޅި މަޑުކުރާ މީހުންނަށާއި، އިޙްސާންތެރީންނަށް ހުރި ދަރަޖަ ބަޔާން ކުރައްވައި، މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ތަޤްވާ ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މަޢާފުކުރާ މީހުންނެވެ. އިޙުސާން ތެރިންދެކެ الله ލޯބިވެ ވޮޑިގެންވެއެވެ. އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރި ވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) الله ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. الله ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. ހެޔޮ ޢަމަލު ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!"

ހުކުރު ޚުތުބާ 

މިއާއެކު ޚުތުބާގައި ބުނީ ރުޅިމަޑުކަމަކީ، الله ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ލޯބިފުޅުވާ ސިފައެއް ކަމަށެވެ.

"زَيْنُ الْعَابِدِيْنَ بْنُ الْـحُسَيْنُ އާ ބެހޭ ގޮތުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ އަޅު ކުއްޖަކު، މުށި ކުރައަކުން އެކަލޭގެފާނަށް ފެން އޮއްސައިދެމުންދަނިކޮށް، އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް އެ ކުރާ ވެއްޓި ތެޅިއްޖެއެވެ. އަދި ފައިންޕުޅު ޒަޚަމްވެއްޖެއެވެ. އެކަމާ زَيْنُ الْعَابِدِيْن ކޯފާ އިސްކުރެއްވިއެވެ. އަދި މޫނުފުޅުގެ ކުލަވަރު ބަދަލުވިއެވެ. އެހިނދު އެ އަޅު ކުއްޖާ ދެންނެވިއެވެ. ސާހިބާއެވެ! الله تَعَالَى ﮋوَالْكَاظِمِينَ الْغَيْظَﮊ އެވެ ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ރުޅި މަތަކޮށްފީމެވެ." އަނެއްކާ އެކުއްޖާ ދެންނެވިއެވެ. الله تَعَالَى ﮋوَالْعَافِينَ عَنِ النَّاسِﮊ އެވެ މިހެންވެސް ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން ތިބާއަށް މާފުކޮށްފީމެވެ." އަނެއްކާ އެކުއްޖާ ދެންނެވިއެވެ. الله تَعَالَىﮋوَاللَّهُ يُحِبُّ الْمُحْسِنِينَﮊ އެވެ މިހެންވެސް ވަޙީކުރައްވާފައި ވެއެވެ. މާނައީ: "އިޙްސާންތެރިންދެކެ الله ލޯބިވެވޮޑިގެންވެއެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "الله ގެ ވަޖުހުފުޅަށްޓަކައި، އަހުރެން ތިބާ މިނިވަންކޮށްފީމެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ، މިއަދު އަހަރެމެންގެ ތެރެއިން، ރުޅި މަޑުކަމުގެ މިފަދަ ރީތި ނަމޫނާތަކެއް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ބަދަލުހިފުމުގެ ރޫޙު ކަމަށެވެ.

"ނަބިއްޔާ (ޞޢވ) ޙަދީޘް ކުރައްވާފައި ވެއެވެ. (لَيْسَ الشَّدِيْدُ بِالصُّرَعَةِ، إِنـَّمَا الشَّدِيْدُ الَّذِيْ يَـمْلِكُ نَفْسَهُ عِنْدَ الْغَضَبِ) މާނައީ: "ވަރުގަދަ މީހަކީ، ހިފާ ބަލިކުރާމީހާއެއް ނޫނެވެ. އެހެނަސް ވަރުގަދަ މީހަކީ، އޭނާގެ ގާތަށް ރުޅި އަންނަހިނދު، ނަފްސު ކޮންޓްރޯލްކުރާ މީހާއެވެ."

ޚުތުބާގައި އިތުރަށް ބުނީ ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ. އެހެންވެ ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޞަޙާބީންނަށް، "ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ! ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ!" މިފަދައިން ވަސިއްޔަތް ކުރައްވާ ފައިވާ ކަމަށެވެ. 

ޝައިޠާނާ އަބަދު ވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވާން ކަމަށާ އެއީ މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެތީ ކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.