އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން--
ދުނިޔެ
26 Jan 2024 | 20:14
ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާއްމުތައް ހުއްޓުވަން އައިސީޖޭ އިން އިސްރާއިލަށް އަމުރުކޮށްފި

ފަލަސްޠީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް އެމެޖެންސީ ފިޔަވަޅުތައް އަޅައި، އެ ފަދަ އަމަލުތައް ނުހިނގާކަން ކަށަވަރު ކުރުމަށް، އދ. ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް މިއަދު އަމުރުކޮށްފިއެވެ.

އައިސީޖޭ އިން މިފަދައިން އަމުރުކޮށްފައި މިވަނީ، އިސްރާއީލުން ހިންގަނީ ގަތުލު އާއްމުކަން ކަނޑައަޅައި އެ ޢަމަލުތައް ހުއްޓާލުމަށް އަމުރެއް ނެރުމަށް އެދި މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ދެކުނު އެފްރިކާއިން، އެ ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައެވެ. 

ދެކުނު އެފްރިކާގެ އެ މައްސަލަ އަށް މިއަދު އިއްވި ހުކުމުގައި، އިސްރާއިލުން ހިންގަމުންދަނީ ގަތުލު އާއްމުކަން ކަނޑައަޅައިދިނުމަށް އެދުނު ހުށަހެޅުން ބަލައިގަނެ، ގަތުލް އާއްމު ނުހިނގާ ކަން ކަށަވަރު ކުރުމަށް ހުކުމް ކުރި ނަމަވެސް، ޣައްޒާގައި ހަމަލާ ބަދަލުކުރުން ވަގުތުން މެދުކަނޑާލުމުގެ އަމުރެއް ނެރެދީފައެއް ނުވެއެވެ. 

އައިސީޖޭ އިން މިފަދައިން ކުރާ އަމުރައް އަމަލު ކުރުމަކީ ލާޒިމް ކަމެކެވެ. އަދި، އިސްރާއީލުން އެ އަމުރަށް ކިޔަމަންވުމަށް އަޅަމުންދާ ފިޔަވަޅުތައް އެއް މަސް ދުވަހުގެ މުއްދަތެއް ތެރޭ ކޯޓަށް އަންގަންވެސް ޖެހެއެވެ.
ނަމަވެސް ދުނިޔޭގެ އެންމެ މަތީ ކޯޓްގެ ގޮތުގައި ބަލާ އެ ކޯޓުން ނިންމާ ނިންމުންތައް ތަންފީޒުކުރާނެ ނިޒާމެއް ނެތުމުން، އިޒްރޭލަށް މި އަމުރަށް އަމަލުނުކޮށްވެސް ހުރެވޭނެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއގައި ހިންގަމުންދާ ގަތުލުޢާއްމު ގައި މިހާތަނަށް ގާތްގަޑަކަށް 26,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.