ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
26 Jan 2024 | 21:42
އައިސީޖޭގެ ހުކުމަށް މަރުހަބާ ދަންނަވައި ރައީސް މުޢިއްޒު ގޮވައިލެއްވީ ފަަލަސްތީނުގައި ހިންގާ ގަތުލު ޢާއްމު ހުއްޓާލުމަށް!

ފަލަސްޠީނުގެ ޣައްޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް އެމެޖެންސީ ފިޔަވަޅުތައް އަޅައި، އެ ފަދަ އަމަލުތައް ނުހިނގާކަން ކަށަވަރު ކުރުމަށް، އދ. ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް އަމުރުކޮށް ނިންމި ނިންމުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ. 

އައިސީޖޭގެ ނިންމުމަށް މަރުހަބާ ދަންނަވައި ރައީސް މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލް އާއްމު ހުއްޓާލައި، ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށް ދިވެހިރާއްޖެއިން ދެކޭ ކަމަށެވެ. 

"ކޮންމެ އިންސާނެއްގެ ފުރާނައަކީ އަގުހުރި ފުރާނައެއް. އެ ފުރާނަ ހިމާޔަތްކުރަންޖެހޭނެ. ބޮންއެޅުމާއި، ގަދަކަމުން މީހުން ގެދޮރުން ނެރުމާއި، ނަސްލީ ތަފާތުކުރުމުގެ ތެރެއިން ސުލްހަވެރިކަން ނުގެނެވޭނެ،" 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ހަގީގީ މާނާގައި ސުލްހަ މަސަލަސްކަން ޤާއިމުކުރެވޭނެ ހަމައެކަނި މަގަކީ، 1967 ވަނަ އަހަރުގެ ބޯޑަރުތަކަށް ބިނާވެފައިވާ މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުންކަމަށެވެ. 

އައިސީޖޭ އިން ގަތުލް އާއްމު ހުއްޓާލަން އަމުރުކޮށްފައި މިވަނީ، އިސްރާއީލުން ހިންގަނީ ގަތުލު އާއްމުކަން ކަނޑައަޅައި އެ ޢަމަލުތައް ހުއްޓާލުމަށް އަމުރެއް ނެރުމަށް އެދި މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ދެކުނު އެފްރިކާއިން، އެ ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައެވެ. 

ދެކުނު އެފްރިކާގެ އެ މައްސަލަ އަށް މިއަދު އިއްވި ހުކުމުގައި، އިސްރާއިލުން ހިންގަމުންދަނީ ގަތުލު އާއްމުކަން ކަނޑައަޅައިދިނުމަށް އެދުނު ހުށަހެޅުން ބަލައިގަނެ، ގަތުލް އާއްމު ނުހިނގާ ކަން ކަށަވަރު ކުރުމަށް ހުކުމް ކުރި ނަމަވެސް، ޣައްޒާގައި ހަމަލާ ބަދަލުކުރުން ވަގުތުން މެދުކަނޑާލުމުގެ އަމުރެއް ނެރެދީފައެއް ނުވެއެވެ. 

އައިސީޖޭ އިން މިފަދައިން ކުރާ އަމުރައް އަމަލު ކުރުމަކީ ލާޒިމް ކަމެކެވެ. އަދި، އިސްރާއީލުން އެ އަމުރަށް ކިޔަމަންވުމަށް އަޅަމުންދާ ފިޔަވަޅުތައް އެއް މަސް ދުވަހުގެ މުއްދަތެއް ތެރޭ ކޯޓަށް އަންގަންވެސް ޖެހެއެވެ.

ނަމަވެސް ދުނިޔޭގެ އެންމެ މަތީ ކޯޓްގެ ގޮތުގައި ބަލާ އެ ކޯޓުން ނިންމާ ނިންމުންތައް ތަންފީޒުކުރާނެ ނިޒާމެއް ނެތުމުން، އިޒްރޭލަށް މި އަމުރަށް އަމަލުނުކޮށްވެސް ހުރެވޭނެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއގައި ހިންގަމުންދާ ގަތުލުޢާއްމު ގައި މިހާތަނަށް ގާތްގަޑަކަށް 26,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.