ކަލައިދޫ އާއި ގަން ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުޅިވަރު
27 Jan 2024 | 03:20
ތަފާތުބޮޑު ނަތީޖާއަކުން ކަލައިދޫ ބަލިކޮށް ޗެމްޕިއަން ގަމުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ލ. އަތޮޅު، އަތޮޅު ބުރުގެ ގުރޫޕް އެކެއްގައި 8-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކަލައިދޫ ބަލިކޮށް ގަމުން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މުބާރާތުގައި ގަމުން ކުޅުނު ފުރަތަަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން މާވަށް އަތުން އެޓީމު ވަނީ މޮޅުވެފައެވެ. އަދި ކަލައިދޫ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން މާވަށް އަތުން ބަލިވިއިރު، ދެވަނަ މެޗުގައި މާބައިދޫ އަތުން އެޓީމު ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ގަމުން ތިން ލަނޑުގެ ލީޑެއް ނެގިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ކަލައިދޫ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ނާއިލް އެވެ.

މީގެ އިތުރުން މިމެޗުގައި ގަމުގެ އަބްދުﷲ ޖުނައިދު އިތުރުން ހުސެއިން ނާޝިދު މިއިން ކޮންމެ ކުޅުންތެރިއެއް ދެލަނޑު ކާމިޔާބު ކުރި އިރު، އެޓީމުގެ ޒައިދާން އަބްދުﷲ، މުހައްމަދު އަކްމަލް، ރައްޒާން އަބްދުއް ސަމަދުގެ އިތުރުން އަލީ ޝާމިސް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގަމުގެ އަލީ ޝާމިސް އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ލ. އަތޮޅުން 9 ޓީމު ބައިވެރިވެފައިވާއިރު، މިއަތޮޅުގެ އަތޮޅު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ލިބޭއިރު، ފައިނަލުން ޖާގަ ހޯދާ ދެޓީމަށް މުބާރާތުގެ ޒޯނު ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ގަން ހިމެނުނީ ލ އަތޮޅު ގްރޫޕް އެކެއްގަ އެވެ. މި ގްރޫޕުގައި ގަމުގެ އިތުރުން ދެން ހިމެނެނީ މާވައް، ކަލައިދޫ، މާބައިދޫ އަދި ދަނބިދޫ އެވެ. ލ. އަތޮޅުގެ ގްރޫޕް ދޭއްގައި ވާދަކުރާ ޓީމުތަކަކީ މާމެންދޫ، އިސްދޫ، ހިތަދޫ އަދި މުންޑޫ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ