ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން
ހަބަރު
27 Jan 2024 | 16:23
ތަހުގީގު ހިނގާ ގޮތާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އޮންލައިން ކޮށް ޝަކުވާ ހުށައެޅޭ ގޮތް ހަދައިފި

ތަހުގީގެއް ހިނގާ ގޮތާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އޮންލައިން ކޮށް ޝަކުވާ ހުށައެޅޭ ގޮތް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަދައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެ ކަމަށާއި، ޝަކުވާއެއް ހުށަހަޅަން ފިތާލުމުން، ފޯމެއް ފެންނާނެ ކަމަށެވެ. އަދި މި ފޯމުގެ ގިނަ، ޢާންމު ބައިބައި ހުންނާނީ ފުރާފައި ކަމަށާއި ޝަކުވާ ހުށަހަޅާ މީހާ ކުރަން ޖެހޭނެ ކަމަކީ އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި، އޭނާ ތަޙްޤީޤީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުން އެކަނި ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ. ލިޔުމުގެ ކޮޕީ ހުށައަޅަން ޖެހެނީ ލިޔުން މައްސަލައެއް ހުށަހެޅުނުކަން ޔަޤީންކުރަންޖެހޭތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޝަކުވާ ފޯމު ހުށަހެޅުމުން، އެފޯމު، އޮފީހުގެ ނިޒާމުގެ ތެރެއަށް އޮޓޮމެޓިކް ކޮށް އެންޓްރީވެ، ޝަކުވާ ފޯމު ސީދާ ގޮސް އެމައްސަލައެއް ބެލުމާ ޙަވާލުވެ ހުރި ޕްރޮސިކިއުޓަރުގެ ސްކްރީނަށް ލިބުމުން، އެ ޕްރޮސެކިއުޓަރަކު އެ ފޯމް ކިޔުމަށްފަހު ޖަވާބުދޭނެ ދުވަހެއް ލިޔާނެ ކަމަށާއި ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާވަގުތު، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ. އަދި އެ މައްސަލަ ބަލާ ޕްރޮސެކިއުޓަރަށް އެ ސްކްރީނުން އެހެން ސްކްރީނަކަށް، ނުވަތަ އެހެން މަސައްކަތަކަށް ދެވޭނީ، ޖަވާބުދޭނެ ދުވަހެއް ލިޔުމަށްފަހުގައި ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޕްރޮސެކިއުޓަރަކު އެޝަކުވާ ހުށައަޅާ ފަރާތަށް ފޮނުވާ މެސެޖްގައި  އޭނާ ހުށަހެޅި ޝަކުވާ ބަލަމުންދާކަމަށާއި، މިވެނި ދުވަހެއްގައި ޖަވާބެއްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އޮންނާނެ ކަމަށާއި އެމެސެޖުގައި ބުނާ ދުވަހުގެ ކުރިއަށް، ޖަވާބު ދީ، ޖަވާބު ތައްޔާރުވުމާއެކުވެސް، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ޝަކުވާ ހުށަހަޅާ، ޖަވާބު ހޯދަން އެއްވެސް ތަނަކަށް ދާން ނުޖެހޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އަދި އެ ޕޯޓަލް ފަރުމާކޮށްފައި ވަނީ އޮންލައިން ޕޯޓަލްގެ ތެރެއިން، އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުޢާމަލާތުތަކެއް، ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތައްވެސް ފެންނަން ހުންނާނެގޮތަށެވެ.

މީގެ އިތުރުންވެސް ޕީޖީ އޮފީހުން ބުނީ އޮންލައިން ނޫން ގޮތަކަށް، ސީދާ ކަރުދާސް ފޯމަކުން ނުވަތަ ސިޓީއަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މީހުންނަށް، އެފުރުޞަތު، ކުރިއެކޭވެސް އެއްގޮތަށް އަދިވެސް އޮންނާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ