މުހައްމަދު ނާޒިމް-- ފޮޓޯ: މަޖިލިސް
ހަބަރު
28 Jan 2024 | 15:59
މަޖިލިސް މެޖޯރިޓީ ޑިމޮކްރެޓިކް އުސޫލުން ބޭނުންކުރުމަށް ނާޒިމް ގޮވާލައްވައިފި

 މަޖިލީހުގެ މެޖޯރިޓީ ޑިމޮކްރެޓިކް އުސޫލުން ބޭނުންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅުން ނިންމުމާއި ގުޅިގެން މަޖިލިސް ތެރެ ވަރަށް ހޫނު ވެފައިވާ ދަނޑިވަޅެއްގައެވެ. 

މިގޮތުން ނާޒިމް ވަނީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވޭނެ މާހައުލެއްނެތި، ޖަލްސާ ކުރިއަށް ގެންދަން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

"މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތި ޖަލްސާ ކުރިއަށް ގެންދަން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މަޖިލިސް މެޖޯރިޓީ ޑިމޮކްރެޓިކް އުސޫލުން ބޭނުންކުރުމަށް އިލްތިމާސް ކުރަން."

ނާޒިމް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާގައި މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާ ކޮށްފައިވާއިރު މިކަމާއި ގުޅިގެން ބަހުސް ކުރި އިރު މަޖިލިސް ތެރޭގައި އެވަގުތުވެސް މެމްބަރުން ވަނީ އަޑު ގަދަކޮށްފައެވެ. 

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ނިންމި ނަމަވެސް އިދިކޮޅު އެމްޑީޕީން އާއި ދަ ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

މި ގޮތުން ދަ ޑިމޮކްރެޓްސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާކަމަށް ފާހަގަކުރެވޭއިރު، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައިކަމަށެވެ.

ރުހުން ނުދިނުމަށް އިދިކޮޅުން ނިންމާފައިވަނީ އެޓާނީ ޖެނެރަލް އަޝާމްއާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުއާއި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ.ހައިދަރުއެވެ.

އިދިކޮޅުން ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމުމާއި ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ މަޖިލިސް ތެރޭގައި އަޑުގަދަކޮށް، މަޖިލީހަށް ވަދެވެން ހުރި ދޮރުތައް އެތެރެއިން ބަންދު ވެސް ކޮށްފައެވެ. 

މަޖިލީހުގެ ތަޅުން ހޫނުވެ، މެމްބަރުންގެ މެދުގައި ހިނގި ހަމަ ނުޖެހުމެއްގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުالله ޝަހީމް އަބްދުލްހަކީމަށް އަނިޔާވެ، ލިބުނު އަނިޔާ ތަކަށް ފަރުވާ ކުރުމަށް އެމްބިއުލާންސް އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު, އޭނާގެ ބޮލަށް އަނިޔާ ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.  

މި މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ބޭރުގައި އާންމުންވެސް ދަނީ އިހުތިޖާޖް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.