ރާއްޖޭގައި ބޭނުންކުރަމުން ގެންދިޔަ ހެލިކޮޕްޓަރެއް
ހަބަރު
28 Jan 2024 | 18:50
ސިއްހީ ހާލަތްތަކަށާއި ގެއްލޭ މީހުން ހޯދުމަށް، ހެލިކަޕްޓަރުގެ ޚިދުމަތް ފަށަނީ

ގެއްލޭ މީހުން ހޯދުމާއި އިމަޖެންސީ ފަރުވާ ބޭނުންވާ މީހުން ވީހާ ވެސް އަވަހަށް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ފަށަން މިއަދު ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމެވެ.

ނާޒިމް ވިދާޅުވީ ހެލިކަޕްޓަރު އަލުން ބޭނުންކުރަން ފެށުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަޒީރުންގެ މަޖިލިހަށް ކަރުދާހެއް ހުށައެޅިކަމަށާއި، އެ ހުށަހެޅި ކަރުދާހާއި ގުޅިގެން، ދެ އިންޖީނުލީ ހެލިކޮޕްޓަރު ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އޭގެ ތެރެއިން، ސްޓްރިކްޓް ބިޑިންއެއްގެ ދަށުން އެ ހިދުމަތް ދޭނެ ބަޔަކު ހޯދައި، ބޭސްފަރުވާ އަށާއި ގެއްލޭ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އިސްކަންދޭން ހަމަޖައްސާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ނާޒިމް އިތުރަށް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވުމުގެ ތަޖުރިބާކާރެއް ނެގުމާއި ސިވިލް އޭވިއޭޝަންގެ ބަޖެޓު އިތުރުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްކުރާ ފަރާތްތަކަށް 6-7 އަހަރުގެ އެކްސްކްލުސިވިޓީއެއް ދިނުމާއި އައިކާއޯ ސްޓެންޑާޑްތަކަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ހެލިކޮޕްޓަރުގެ ހިދުމަތް ފަށައިގަންނަން ބޭނުންވާ އެ ދާއިރާގެ ކޮންސަލްޓަންޓަކު ހޯދުމަށާއި ރެގިއުލޭޓަރީ މަސައްކަތްތައް ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އިތުރަށް ބޭނުންވާ އޮފީސް ޖާގައެއް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން ހިމެނޭ"  ނާޒިމް ވިދާޅުވި އެވެ.

 ހަމަ މިއާއިއެކު ނާޒިމް ވިދާޅުވީ އޭގެ އިތުރުން، ހެލިކޮޕްޓަރު ޖެއްސުމަށް ބޭނުންވާ ޖާގައެއް ހުޅުލޭގައި ގާއިމު ކުރާނެ ކަމަށާއި އިތުރު ހެލިޕެޑެއް އަޅަންޖެހިއްޖެ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުން ކުރަންޖެހެ ކަންކަން ކުރުން. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވޭ ނަމަ އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިޔުން،" ނާޒިމް ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލިހުން ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުން ފަށަށްނިންމާފައި މިވަނީ ގެއްލޭ މީހުން ހޯދުމާއި އިމަޖެންސީ ފަރުވާ ބޭނުންވާ މީހުން އުފުލުމުގައި ބޭނުންކުރަމުން އައި އިންޑީޔާގެ ހެލްކެޕްޓަރ ބޭނުންކުރުން މި ސަރުކާރުން ހުއްޓާލައިފައިވަނިކޮށެވެ.

އިންޑީއާގެ މި ހެލްކޮޕްޓަރު ދުއްވުމަށް އިންޑިއާ ސިފައިން ތިބިއިރު މި ސަރުކާރުގެ ފަރާތުން ތަކުރާރުކޮށް ބުނަމުންގެންދަނީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ތިބެގެން ނުވާނެކަމަށެވެ.

ކޮމެންޓް
ޙަސަނާބެ
ދެންނަލަހިޔާގަ ތިބޭއަސްކަރީ ޑޮކުޓަރުން އަސްކަރީ ސިފައިންނަށްނުވެ ހެލިކޮޕްޓަރ ދުއްވަންތިބޭ އަސްކަރީ ޕައިލެޓުންނާ އިންޖިނެރުން އަސްކަރީ ސިފައިންނަށް މިވީ.
29 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.