ކޯކޯ އާއި ހޭވައްލާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
29 Jan 2024 | 00:26
ވާދަވެރި ކުޅުމަކަށްފަހު ކޯކޯ އިން ހޭވައްލާ ބަލިކޮށްފި

ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ތިންވަނަ މެޗުގައި މިރޭ ކޯކޯ އާއި ހޭވައްލާ ވާދަކުރި މެޗު ތިން ސެޓުން ދެ ސެޓުން ކާމިޔާބުކޮށް ކޯކޯ އިން މުބާރާތުގެ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.

މުބާރާތުގައި ހޭވައްލާ އިން ކުޅުނު ފުރަތަމަ މެޗުގައި ތިން ސެޓު އެއް ސެޓުން އެޓީމު މޮޅުވެފައި ވާއިރު، ކޯކޯގެ ފުރަތަަމަ މެޗުގައި ތިން ސެޓު ދެ ސެޓުން އެޓީމު ވަނީ އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ އަތުން ބަލިވެފައެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ސެޓް 23-25 އިން ކާމިޔާބުކުރީ ހޭވައްލާ އެވެ. ނަމަވެސް ޖެހިގެންއައި ސެޓްގައި ކޯކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 20-25 އިން ސެޓު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ތިންވަނަ ސެޓްގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު 25-27 އިން މިސެޓް ވެސް ކާމިޔާބުކުރީ ކޯކޯ އިންނެވެ.

ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓުގައި ހޭވައްލާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޑިފެންސާއި އެޓޭކުތައް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ 19-25 އިންނެވެ. މިއާއެކު 2 ސެޓް 2 ސެޓުން ދެޓީމު އެއްވަރު ނަތީޖާނެރުމަށް ކުޅެވުނު ފަސްވަނަ ސެޓް 15-13 އިން ކާމިޔާބުކޮށް ކޯކޯ އިން ވަނީ ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ހޭވައްލާ ޓީމުގެ މުހައްމަދު ރިމާޒު އެވެ.

26 ޖެނުއަރީ 2024 އިން 03 ފެބުރުއަރީ 2024 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް