ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/މަޖިލިސް
ހަބަރު
29 Jan 2024 | 10:36
އެމްޑީޕީ މެންބަރުން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި: ހިސާން

އިއްޔެ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި މަޖުބޫރު ވެގެން ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ދައުރުން ބޭރުން، ބޭއްވި ޖަލްސާގައި، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ވިޕް ނެރުމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވައި އަޑު ގަދަ ކުރައްވާފައެވެ. 

އެއާއެކު ހިނގައިދިޔަ ހަމަ ނުޖެހުންތަކުގެ ތެރެއިން، މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ވަނީ، މާރާމާރީ ހިންގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް އަބްދުލް ހަކީމަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައެވެ. އެ އަނިޔާތަކަށް ފަރުވާ ކުރުމަށް ޝަހީމްވަނީ އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލަށް ވެސް ގެންދެވިފައެވެ. 

އެކަމާއި ގުޅިގެން، އެމްޑީޕީ ޕީޖީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ އެ ޕާޓީގެ މެންބަރުން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި ކަމަށެވެ. 

އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ކަންތައް ތަކުން ފާހަގަވެގެން މިދިޔައީ، އެމްޑީޕީގެ މެންބަރުން މިއަދު ކުރެއްވި ކަމެއް ކުރެއްވީ އެ މެންބަރުގެ އަމިއްލަ ދިފާއުގަޔާއި، ދެން ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދިފާއުގަޔާއި ސްޕީކާގެ ދިފާއުގައި. 

ހިސާން ހުސައިން

މިއާއެކު ހިސާން ވިދާޅުވީ މަޖިލީހުގައި ރައްކާތެރި މާހައުލެއް އޮތްކަން އިއްޔެ އިހްސާސް ނުކުރެވުނު ކަމަށެވެ. އަދި، އެމްޑީޕީ މެންބަރުން އިސްވެ ހަމަނުޖެހުން ނުހިންގާ ކަމަށާ އެޕާޓީ މެންބަރުން ކަން ކުރެއްވީ އެ ހާލަތުގައި ކޮންމެ އިންސާނެއްވެސް އަމަލުކުރާނެ ގޮތަށް ކަމަށެވެ. 

"އެ ރައްކާތެރިކަމުގެ މާހައުލެއް ނެތްކަމުގެ އިހުސާސާ އެއްކޮށް ސަރުކާރުގެ މެންބަރުންގެ ފަރާތުން އެ ކުރިމަތިވި ކަންތައްތައް އެގޮތަށް ކުރިމަތިވީމަ އެމްޑީޕީގެ މެންބަރުންނަށް މަޖުބޫރުވީ ސެލްފު ޑިފެންސްގަ އެ ބޭފުޅުން އެކްޝަން ނަންގަވަން" 

ހިސާން ހުސައިން

ހިސާން އިތުރަށް ވިދާޅުވީ އެމްޑީޕީން ނިންމީ ސަރުކާރު ހުއްޓުވާލަން ނޫން ކަމަށާއި ރުހުން ނުދިނުމަށް ނިންމީ ހަތަރު ވަޒީރަކަށް ކަމަށެވެ. ބާކީ 18 ވަޒީރުންނަށް ރުހުން ދިނުމާއިމެދު ފެންނަ ގޮތަކަށް ވޯޓު ދިނުމަށް އެމްޑީޕީން ވަނީ ފްރީ ވިޕެއް ނެރެފައި ކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރު ހުއްޓުމަކަށް އަންނާނެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.