މޭޔަރު އާޒިމާއި މިނިސްޓަރު ޑރ.ޝަހީމް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
29 Jan 2024 | 12:34
މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން ޑރ. ޝަހީމް، ޢާޒިމްއާއެކު މަޝްވަރާ ކޮށްފި!

މާލެ ސިޓީގެ އައު މޭޔަރު އާދަމް އާޒިމާއި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެބޭފުޅުން މާލެ ސިޓީގެ މިސްކިތްތައް ބެލެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ވާއިރު މިނިސްޓްރީން ކައުންސިލަށް ދެމުންދާ އެއްބާރުލުމާ ބެހޭ ގޮތުން ޚިޔާލު ބަދަލު ކުރެވުނު ކަމަށެވެ.

މީގެ އިތުރުންވެސް މިނިސްޓަރު ޑރ.ޝަހީމް ވަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މިސްކިތްތަކުގެ ހާލަތު ދެނެގަނެ، މިސްކިތްތަކަށް ބޭނުންވާ މަރާމާތުތައް ފެށުމުގެ ގޮތުން މިސްކިތްތައް ހުރި ހާލަތު ބަލައި، ބޭނުންވަނީ ކޮން މަރާމާތުތަކެއް ތޯ ބެލުމަށް ދެ ވުޒާރާއިން މާލެ ސިޓީގައި ހުރި މިސްކިތް ތަކަށް ޒިޔާރަތް ކުރުމަށް ވެސް މި ބައްދަލުވުމުގައި އަލި އަޅުއްވާ ލައްވާފައެވެ.

މާލެ ސިޓީގެ މޭޔަރު އާޒިމް ވަނީ މިސްކިތް ތަކާއި ބެހޭގޮތުން އެބޭފުޅާގެ ތަސައްވުރު މިނިސްޓަރ ޑރ.ޝަހީމް އާއި މި ބައްދަލުވުމުގެ ތެރެއިން ހިއްސާ ކުރައްވާފައެވެ. މީގެ ތެރޭގައި ސީދާ ސިޓީ ކައުންސިލުން މިސްކިތްތައް ބެލެހެއްޓުމާއި، މިސްކިތްތައް ބެލެހެއްޓުމަށް ހާއްސަކޮށްގެން މުވައްޒަފުން ވަޒީފާއަށް ނެގުމާއި، މިސްކިތްތައް ބެލެހެއްޓުމަށް މުއައްޒަފުން ނަގާއިރު، ދިވެހީންނަށް އިސްކަން ދިނުން ހިމެނެއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޑރ.ޝަހީމް ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފައިވާތީ އާޒިމަށް މަރުހަބާ ވެސް ވިދާޅުވެފައެވެ. ދެވުޒާރާގެ އިސްވެރިންގެ މެދުގައި ކުރިއަށް ދިޔަ މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ