ގއ ވިލިނގިލި-- ފޮޓޯ: އިންޓަނެޓް
ހަބަރު
29 Jan 2024 | 14:54
ހޯއްގޮވާކެއްސުމުގެ އިތުރު ވޭދަނައެއް ގއ. ވިލިގިލިން ފެނިއްޖެ

ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސް އެއް ގއ. ވިލިގިލިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ 27 ޖަނަވަރީ 2024 ގައި ފެނުނު މި ކޭސްއަކީ ކުރިން ފެނުނު ކޭސްތަކާއި ގުޅުން ހުރި ކޭސް އެއް ކަމަކަށް ބެލި ބެލިމުން އަދި އެނގިފައިނުވާ ކަމަށެވެ.

ހޯއްގޮވާ ކެއްސުން ގއ. ވިލިނގިލީގައި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކްފޯރހެއް ވަނީ އެކުލަވާލާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދިނުމާއި 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިހާތަނަށް ޖުމްލަ 4 މީހަކު މި ބައްޔަށް ޕޮސިޓިވް ވެފައިވާއިރު 161 ކޮންޓެކްޓެއް ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ބަލީގެ އަލާމާތްތައް 23 ކޮންޓެކްޓެއްގެ ކިބައިން ފެނިފައިވާއިރު، ކޮންޓެކްޓުން ގެ އިތުރުން 17 ފަރާތެއް ކިބައިން ބަލީގެ އަލާމާތް ފެނިފައިފައިވާތީ ވަނީ ޓެސްޓް ކޮށްފައެވެ. އަދި 27 ފަރާތަކަށް ޕްރޮފައިލެކްސިސް ދެވިފައިވާކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ގަވާއިދުން ވެކްސިން ދޭންފެށުމާއި ގުޅިގެން ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ނަމަވެސް މަދު މަދުން ރާއްޖެއިން ފެންނަ ބައްޔެއް ކަމުގައިވާ ހޯއްގޮވާ ކެއްސުމުގެ ވޭދަނަ ތަކެއް އެރަށުން ފުރަތަމަ ފެނުނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެ ބައްޔަށް އޭރު ފައްސިވެފައިވަނީ 3 ކުޑަކުދިންނެވެ. 

މި ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނަށް ކަމަށްވާތީ 7 އަހަރު ނުވާ ކުޑަކުދިންގެ ތެރެއިން މި ވެކްސިން ފުރިހަމަ ނުކޮށް ތިބި ކުދިންނަށް ވީހާވެސް އަވަހަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މި ބައްޔަށް ޖަހާ ވެކްސިން އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން ލިބެން ހުންނާނެ ކަމަށް ވެސް އެއިދާރާއިން މައުލޫމާތުދެއެވެ.

ޕަރޓޫޓިސް ނުވަތަ ހޯއްގޮވާ ކެއްސުމަކީ ބޯޑެޓެލާ ޕަރޓޫސިސް ކިޔާ ވައްތަރެއްގެ ބެކްޓީރިއާއެއްގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ގައިން ގައިން ވަރަށް ފަސޭހައިން އަރާ މި ބަލި ފުރަތަމަ ޖެހުމުން ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އެހެންނަމަވެސް ހަފްތާއެއް ފަހުން ކެއްސުން ދިގުލައިގެން ގޮސް ވަރަށް ގިނަ ދުވަހަށް ދެމިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.