ވެމްކޯގެ ކުނި އުފުލާ އުނޅަދު ތައް-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ހަބަރު
29 Jan 2024 | 16:31
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވެމްކޯއިން 43.9 މިލިއަން ރުފިޔާގެ އުޅަނދު ވަނީ ގަނެފަ: އޮޑިޓް ރިޕޯޓް

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވެމްކޯއިން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު 43.9 މިލިއަން ރުފިޔާގެ އުޅަނދު ގަނެފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުން ދައްކައިފިއެވެ.

ވެމްކޯގެ ޕްރޮކިއުމެންޓާއި ގުޅޭ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން އެންމެ ފަރާތަކުން އަގު ހޯދައިން 43.9 މިލިއަން ރުފިޔާގެ ވެހިކަލް 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭ ވެމްކޯއިން ގަނެފައިވާ ކަމަށެވެ. އަދި އާންމު ބީލަމުގެ އުސޫލުން ބޭރުން ތަކެތި ގަތުމުގެ ސަބަބުން ވާދަވެރި އަގުތަކެއް ހޯދައިގެން އެންމެ އެކަށީގެންވާ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތަކާ މަސައްކަތް ޙަވާލުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، މަސައްކަތް ޙަވާލު ކުރުމުގައި ވަކި ފަރާތަކަށް ނަޖާއިޒު ފައިދާ ހޯދައިދިނުމަށް މަގުފަހިވާނެކަން ފާހަގަކުރެވޭނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުންވެސް އޮޑިޓް ރިޕޯޓްގައި ބުނީ އެކުންފުނިން ކުނި އުފުލުމަށް ޑަމްޕް ޓްރަކް ގަތުމުގެ މަސައްކަތް 16 ނޮވެންބަރު 2016 ގައި އަމިއްލަ ފަރާތަކަށް ހަވާލު ކުރި އިރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، "އޮޕަރޭޝަން، ކަލެކްޝަން ސާވިސަސް" އިން އެދިފައިވާ ވައްތަރު ނޫން  މޮޑިފައި ކޮށްފައިވާ ވެހިކަލްތަކެއް ހޯދައި، އެ އުޅަނދުތައް އުފެއްދި ޤައުމާއި، އުޅަނދުތަކުގެ ބްރޭންޑު އޮޅުވާލާފައިވާކަން ފާހަގަ ކުރެވޭކަމަށެވެ.

މި 10 ޓްރަކް ސަޕްލައި ކުރުމުގެ މަސައްކަތާއި ހަވާލުވި  ފަރާތާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަގަކީ 6.8 މިލިއަން ރުފިޔާ ކަމުގައިވީނަމަވެސް، މަސައްކަތް ޙަވާލުވި ފަރާތަށް ވެމްކޯއިން ފައިސާ ދެއްކިއިރު އެއްބަސްވުމުގެ އަގުގެ އިތުރަށް 407،642 ރުފިޔާ ޖީއެސްޓީ ފައިސާގެ ގޮތުގައި ވަނީ ދައްކާފައެވެ. ނަމަވެސް އެފައިސާ މަސައްކަތާއި ހަވާލުވި ފަރާތުން ޖީއެސްޓީގެ ގޮތުގައި މީރާ އަށް ދައްކާފައި ނުވާ ކަން އޮޑިޓް ރިޕޯޓް ގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ކުންފުނީގެ ބޭނުމަށް އެއް މަސްދުވަހަށް ކުއްޔަށް ދޫކުރި 3 ކޮޅުވެއްޓީގެ ތެރެއިން 2 ކޮޅުވެއްޓި ކުއްޔަށް ހިފި މުއްދަތު އިތުރުކުރަމުން ގޮސް، 20 މަސްދުވަހާއި ހިސާބަށް އިތުރުކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުން ދައްކައެވެ. އެ މުއްދަތުގައި ވެސް ވެމްކޯއިން އުޅަނދުތައް ހިފާފައިވަނީ ކުލި ރިވައިސް ނުކޮށް އެއް މަސްދުވަހަށް ކުއްޔަށް ނެގިއިރު ހަމަޖެއްސި އަގު ކަމުގައިވާ 1.35 މިލިއަން ރުފިޔާ އާއި 1.49 މިލިއަން ރުފިޔާ އަށް ކަމަށް ވާތީ އެކަށީގެންވާވަރަށް ވުރެ ބޮޑު ޚަރަދުތަކެއް މި ދެ އުނޅަދަށް ކުރަން ޖެހި، ކުލީގެ ގޮތުގައި ވެމްކޯއިން 57.5 މިލިއަން ރުފިޔާ ދޫކުރި ކަމަށް ވެސް އޮޑިޓް ރިޕޯޓުން ދައްކައެވެ.

މީގެ އިތުރުންވެސް އެކި ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ސްޕޮންސާގެ ގޮތުގައި ފައިސާ ދޫކުރާނެ އުސޫލެއްނެތި އެ ކުންފުނިން 4 ފަހަރެއްގެ މަތިން ތިން ޖަމިއްޔާ އަކަށް 850،000 ރުފިޔާ ސްޕޮންސާގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އަދި މި ފައިސާ ދޫކުރީ ސްޕޮންސާގެ ގޮތުގައި ފައިސާ ދޫކުރާން އުސޫލެއް ނެތި ފައިސާ ދޫނުކުރުމަށް 13 ޖުލައި 2017 ގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ނިންމި ފަހުން ކަމަށް ވެސް އޮޑިޓް ރިޕޯޓުން ހާމަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.