މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ބޭރިއަންސް ގެ އާދަމް ނަސީމް..
ކުޅިވަރު
30 Jan 2024 | 00:09
އެޑަމްގެ މޮޅު ކުޅުމާއެކު ބޭރިއަންސް އިން އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ ސީދާ ތިން ސެޓުން ބަލިކޮށްފި

ރ.އަތޮޅު ކިނޮޅަސްގައި މިހާރު ކުރިއަށްދާ "23 ވަނަ ޖަމިއްޔަތުލް އިއްތިހާދު ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ  ހަތަރުވަނަ މެޗުގައި ހޯމަދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ރަށްގުޑުވާ އާއި ބޭރިއަންސް ވާދަކުރި މެޗު ފަސޭހަކަމާއި އެކު ސީދާ ތިން ސެޓުން ބޭރިއަންސް އިން ކާމިޔާބުކޮށްފި އެވެ.

މުބާރާތުގައި ރަށްގުޑުވާ އިން ކުޅުނު ފުރަތަމަ މެޗުގައި ތިން ސެޓު ދެ ސެޓުން ކޯކޯ އަތުން އެޓީމު މޮޅުވެފައި ވާއިރު، ބޭރިއަންސްގެ ފުރަތަަމަ މެޗުގައި ހޭވައްލާ އަތުން ތިން ސެޓު އެއް ސެޓުން ޓީމު ވަނީ ބަލިވެފައެވެ.

ރަށްގުޑުވާ އާއި ބޭރިއަންސް ވާދަކުރި މެޗުގެ ތެރެއިިން

މިރޭގެ މެޗުގެ ފުރަތަަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިސެޓް ބޭރިއަންސް އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 22-25 އިންނެވެ. އަދި މެޗުގެ ދެވަަނަ ސެޓް ފަސޭހަކަމާއި އެކު 14-25 އިން ބޭރިއަންސް އިން ކާމިޔާބުކުރި އިރު، ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 16-25 އިންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބޭރިއަންސްގެ އާދަމް ނަސީމް އެވެ.

ރަށްގުޑުވާ އާއި ބޭރިއަންސް ވާދަކުރި މެޗުގެ ތެރެއިިން

މުބާރާތުގައި ކޮންމެ ޓީމަކުން ވެސް ދެ މެޗު ކުޅެފައިވާއިރު ކޮންމެ ޓީމެއް ވެސް ވަނީ އެއް މެޗުން މޮޅުވެ، އަދި އަނެއް މެޗުން ބަލިވެފައެވެ. އަދި ބޭރިއަންސްގެ ފަހު މެޗުގައި މޯކޯ އާއި ދެކޮޅަށް އެޓީމުން ނިކުންނައިރު، ރަށްގުޑުވާގެ ފަހު މެޗުގައި އެޓީމުން ނުކުންނާނީ ހޭވައްލާ އާއި ދެކޮޅަށެވެ.

26 ޖެނުއަރީ 2024 އިން 03 ފެބުރުއަރީ 2024 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް