ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Jan 2024 | 12:52
ކޮރަޕްޝަން އިތުރުވެ، މިދިޔަ އަހަރު ސީޕީއައި ގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް!

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލަ އިން ކޮންމެ އަހަރަކު ވެސް އާންމު ކުރާ އެކި ގައުމުތަކުގެ ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވޭ މިންވަރު ބަލާ "ކޮރަޕްޝަން ޕާސްޕެކްޝަން އިންޑެކްސް" (ސީޕީއައި) ގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް ޖެހިލައިފިއެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސީޕީއައި  2023 ގައި ދައްކާގޮތުގައި ރާއްޖެ ވަނީ 40 ޕޮއިންޓުން 39 ޕޮއިންޓަށް ވެއްޓިފައި ކަމަށާއި، ވޭތުވެދިޔަ އަހަރު ތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓުން ދަށުން ޕޮއިންޓް ލިބުނު ގައުމު ތަކުގެ ތެރޭގައި ކަމަށެވެ.

މިދިޔަ އަހަރުގެ ސީޕީއައި ގައި 180 ގައުމު ހިމަނާފައިވާއިރު ރާއްޖެއަށް ލިބުނު 39 ޕޮއިންޓާއި އެކު ރާއްޖެ ހިމެނެނީ މި ލިސްޓުގެ 93 ވަނައިގައެވެ.

1 އިން 100 އަށް ގިންތި ކުރާ މި އިންޑެކްސް ގައި ސުމެއް އެއީ ކޮރަޕްޝަންގެ އަމަލުތައް ގިނަ ކަމަށް ގަބޫލުކުރެވޭ، އަދި 100 އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދު ކަމަށް ގަބޫލު ކުރެވޭ މިންގަނޑެވެ. 

ސީޕީއައި ސްކޯރ މިންކުރަނީ ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށްކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައެވެ. ރާއްޖޭގެ 2023 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސް އިން ބުނީ 2023 ވަނަ އަހަރުގެ ސީޕީއައި ގެ ނަތީޖާއިން ހާމަވެގެންދަނީ ކޮރަޕްޝަނާއި  ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ތައާރަފްކުރެވިފައިވާ ޤާނޫނުތަކަށް އަމަލުކުރުމުގައި އަދި ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފައިނުވާކަންކަމަށެވެ. 

ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން ރާއްޖޭގައި  ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރުމުގައާއި ތަހުގީގުކުރުމުގައި އަދި ދައުވާކޮށް އިންސާފުނުުލިބި ގާނޫނުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް އަދިވެސް ރާއްޖެވަނީ ނުކުޅެދުންތެރިވެފައި ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ސީ.ޕީ.އައިގެ މެދުމިނުގެ ގިންތިގެ ގައުމުތަކަކީ ނިޒާމުގެ ގިނަ މައްސަލަތައް ހުރި, ބޮޑެތި ނުވަތަ ގްރޭންޑް ކޮރަޕްޝަން އަދި އިސް މަގާމުތަކުގައި ތިބޭ މަދު ބައެއް ނުހައްގުން މުއްސަނދިވެ, ގިނަ ބަޔަކަށް އޭގެ އަސަރުކުރާފަދަ ހިޔާނާތުގެ އަމަލުތައް ގިނަ ގައުމުތަކެވެ. މިފަދަ ގައުމުތަކުގައި ޕެޓީ ކޮރަޕްޝަން ފަދަ އަމަލުތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތަކަކުން ދެމެހެއްޓެނިވި ނަތީޖާއެއް ނުފެންނަކަން ފާހަގަކޮށްލަން ޖެހެއެވެ.

ސީޕީއައި ގެ ރޭންކިންގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ލިބުނީ 2020 ވަނަ އަހަރުއެވެ. އެއީ 43 ޕޮއިންޓެވެ. އަދި އެންމެ ދަށުން ޕޮއިންޓް ލިބުނީ 2019 ވަނަ އަހަރުއެވެ. އެއީ 29 ޕޮއިންޓެވެ. އެއަށްފަހު 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ރާއްޖޭގެ ސީޕީއައި އަށް ވަނީ 40 ޕޮއިންޓް ލިބި އެއްވަރު ވެފައެވެ. ސީޕީއައި ޕޮއިންޓް ރާއްޖެއަށް ދޭންފެށީ 2016 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެ އަށް ލިބުނީ  36 ޕޮއިންޓެވެ.

ސީޕީއައި 2023 ގައި 90 ޕޮއިންޓާއި އެކު 1 ވަނަ ގައި އޮތީ ޑެންމާކެވެ. 39 ޕޮއިންޓާއި އެކު 93 ވަނައިގައި ރާއްޖެ އާއި އެކު  އަވައްޓެރި އިންޑިއާގެ އިތުރުން ކަޒަކިސްތާނާއި ލެސޯތޯ ވަނީ ހިމެނިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.