ރާއްޖެ އައި ފަތުރުވެރިންތަކެއް-- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
ހަބަރު
30 Jan 2024 | 13:58
ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު %12 އަށް އިތުރުވެއްޖެ

2024 ވަނަ އަހަރުގެ ފުރަތަމަ މަހު، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށްވުރެ 12 އިންސައްތަ އިތުރުވެއްޖެ އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 174,400 ފަތުރުވެރިން އައިސްފައިވެ އެވެ. މިއީ އެވްރެޖުކޮށް ދުވާލަކު 6,229 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި  ރާއްޖެއަށް އައިސްފައިވަނީ 155,851 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 20،000 ފަތުރުވެރިންގެ އިތުރުވުމެކެވެ.

މިމަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖެނުއަރީ 27 ވީ ހޮނިހިރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 7,799 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މި އަހަރުގެ މިހާހިސާބަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމަކީ ރަޝިއާއެވެ. މިގޮތުން އެ ގައުމުން ވަނީ 18,561 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ދެވަނަގައި އަށް 18,111 ފަތުރުވެރިންނާއި އެކު އިޓަލީ އޮތް އިރު، ތިން ވަނަގައި ކުރިން އޮތް އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށް ފަހު އެ މަގާމް ހޯދާފައި ވަނީ ޗައިނާ އިންނެވެ. މިގޮތުން ޗައިނާ އިން 16,529  ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.

ލިސްޓުގެ ހަތަރު ވަނައިގައި 14,588 ފަތުރުވެރިންނާއި އެކު އިނގިރޭސި ވިލާތް އޮތް އިރު، މިދިޔަ އަހަރު ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާ މިހާރު އޮތީ ފަސް ވަނައިގައެވެ. އެ ގައުމުން މި އަހަރުގެ މިހާހިސާބަށް އައިސްފައިވަނީ 13,989 ފަތުރުވެރިންނެވެ.

މި އަހަރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.