ތޮއްޑޫގައި ހައްދަމުންދާ ދަނޑެއް-- ފޮޓޯ: ޕީއެސްއެމް
ހަބަރު
30 Jan 2024 | 15:20
ރޯދަ އަށް ހައްދާ ތަކެތީގެ އަގު ބޮޑު ނުވާނެ ގޮތް ހަދާނީ ބާޒާރަށް ނެރޭ ތަކެތި އިތުރުކޮށްގެން: މިނިސްޓްރީ

ކުރިއަށް އޮތް ރަމަޟާން މަހަށް ބާޒާރަށް ވިއްކުމަށް ނެރުމަށް ރާއްޖޭގައި ހައްދާ ތަކެތީގެ އަގު ބޮޑު ނުވާނެ ގޮތް ހަދާނީ ހައްދާ ތަކެތީގެ އަދަދު އިތުރުކޮށްގެން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މީގެ ކުރިން އެ މިނިސްޓްރީން ވަނީ ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ އަގުތައް ރޯދަމަހަށް ކޮންޓްރޯލްކުރަން މަސައްކަތް ފަށާފައިވާ ބުނެފަ އެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ގިނަ ދަނޑުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެހެންނަމަވެސް، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ އަގު ކޮންޓްރޯލެއް ނުކުރާނެ ކަމަށާއި އެކަން ކުރާނީ ހައްދާ ތަކެތީގެ އަދަދު އިތުރުކޮށް، މާކެޓަށް ނެރުމަށް އެހީވެގެން ކަމަށެވެ. އަދި ރާއްޖޭގައި ދަނޑުވެރިން ހައްދާ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ވިސްނުން އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

""އަޅުގަނޑުމެން މި ބުނަނީ ވަކި ބާވަތެއްގެ ތަރުކާރީ ނުވަތަ މޭވާ ވިއްކަން ޖެހޭނީ ވަކި އަގަކަށޭ އެއް ނޫން. ހައްދާ ތަކެތީގެ އަގު އަޅުގަނޑުމެން ކޮންޓްރޯލެއް ނުކުރާނަން"

 ހުސައިން އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ރޯދަ މަހަށް ހައްދާ ތަކެއްޗަށްވުރެ ބޭނުންކުރާ މިންވަރު މި އިތުރު ވާކަމަށެވެ. އަދި މި ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭތީ އަގު ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މިނިސްޓްރީން ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރުމަށް އެހީވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާކެޓަށް ތަކެތި ނެރުމަށް މެދުވެރިޔަކަށް ވާ ފަރާތަށް މާ ބޮޑު ފައިދާ އެއް ވާކަމަށާއި، އޭގެ ބަދަލުގައި ދަނޑުވެރިޔާއަށް މާކެޓުގައި އެ ތަކެތި ވިއްކޭނެ ފަސޭހަ ގޮތެއް އޮތްތޯ އާއި އެ ގޮތަކީ ކޮބައިތޯ މިނިސްޓްރީން ބަލަމުން އަންނަ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދަނޑުވެރިކަމުގެ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ގުޅިގެން ރޯދަ މަހަށް އާންމުކޮށް ދިވެހިން ބޭނުންވާ ތަކެތި ހޯދަންޖެހޭ ވަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ކުރިއަށްއޮތް ދެތިން ހަފްތާ ތެރޭ ނިމޭނެ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.