މިނިސްޓަރ ޝަހީމް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
31 Jan 2024 | 11:28
ހަމައެއް ލަމައެއް ނެތި ރައީސަކު އަޒުލެއް ނުކުރެވޭނެ: ޝަހީމް

ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ހަމައެއް ލަމައެއް ނެތި އަޒުލު ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ޝަހީމް ވިދާޅުވީ ގާނޫނީ ވެރިކަން ހިންގުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށާއި ރައީސް ޑރ.މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި ކަމަށެވެ.

"ދިމިޤުރާޠީ ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާއަކު އެއްވެސް ހަމައެއް ލަމައެއްނެތި އަޒުލެއް ނުކުރެވޭނެ. ޤާނޫނީ ވެރިކަން ހިންގަން ފުރުޞަތު ދޭންޖެހޭނެ. ރައީސް ޑރ މުއިއްޒު ވެރިކަން ކުރައްވަމުންގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި"

ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވެފައި މި ވަނީ އެމްޑީޕީން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރު ހަމަވެފައިވާ ކަމަށާއި، މަޖިލިހުގެ މިދަޢުރު ހަމަވުމުގެ ކުރިން  އެމަނިކުފާނު އަޒުލު ކުރުމަށް މަޖިލިހަށް ހުށައަޅާނެ ކަމަށް ބުނެފައިވަނި ކޮށެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރުމަށް ބޭނުންވާ އަދަދަށް ވުރެ ގިނައިންވެސް މިހާރު އެޕާޓީން ސޮއި ހޯދާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޕާރޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ލަފަޔާއި މަޝްވަރާ ހޯދުންކަމަށެވެ.

ރައީސް ޑރ.މުއިއްޒު އަޒުލު ކުރުމަށް ހުށައަޅާނެ ވަކި ތާރީހެއް އެމްޑީޕީން ބުނެފައެއް ނުވެއެވެ.

އެމްޑީޕީން މިފަދައިން ބުނި ނަމަވެސް ސަރުކާރަށް ތާއިދުކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕީޖީ މެމްބަރުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރައީސް ޑރ.މުއިއްޒު އަޒުލު ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށްވީ ނަމަވެސް ރައީސް ޑރ.މުއިއްޒު ގެ ސަރުކާރުގެ އިސްމަގާމް ތަކަށް ބައެއް މެމްބަރުން އައްޔަނު ކުރުމާއި ގުޅިގެން މި އަދަދު ދަށްވެފައިވާކަން ފާހަގަކުރައްވާ، ތާރިޤު ވިދާޅުވީ އެމްޑީޕީން ރައީސް އަޒުލު ކުރުމަށް ހުށަހަޅާ ގަރާރުގައި މެމްބަރުންގެ ސޮއި ހަމަވާކަމަށް ބުނަނީ މިހާރު މަޖިލީހުގައި މެމްބަރުން ތިބި އަދަދު ކަމަށް ކަނޑައަޅާފައި ކަމަށްވާނަމަ، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ނިންމާފައި ހުރި ނިންމުން ތަކާއި ޚިލާފު ވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ތާރިޤު ވިދާޅުވީ  ރައީސް އަޒުލު ކުރުމަށް ބޭނުންވާ އަދަދު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއްވިޔަސް ހަމަނުވާނެ ކަމަށާއި އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަކު އަޒުލް ކުރާ ޕެޓިޝަން ގައި ސޮއި ނުކުރާނެ އެތައް މެމްބަރުން ތަކެއް އެ ދެ ޕާޓިގައި ތިބޭނެ ކަމަށެވެ.

އެމްޑީޕީން ވަނީ ރައީސް ޑރ.މުއިއްޒު އަޒުލް ކުރުން ފަސޭހަ ކުރުމަށް މީގެ ކުރިން މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގައި ބުނާ ގޮތުން، ދާއިރާއެއްގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއެއް ނުލައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނޭނެއެވެ. އެ އިސްލާހާ އެކު މަޖިލީހުގެ 54 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ. މަޖިލީހުގައި މިހާރު އެ އަދަދަށް ސަރުކާރާ އިދިކޮޅު މެންބަރުން އެބަތިއްބެވެ. 

އެހެންނަމަވެސް އެމްޑީޕީން މަޖިލީހުގެ ގަވާއިދަށް މިގެނައި އިސްލާހު، ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނެ ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.