ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ހަބަރު
31 Jan 2024 | 10:59
މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް ރައީސް ނަޝީދުގެ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފި

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ މުހައްމަދު ނަޝީދު ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފިއެވެ.

ރައީސް ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު އެ ގައުމުގެ ވެރިރަށް އަކްރާއަށް ވަޑައިގެންނެވީ ސީވީއެފްގެ ފުރަތަމަ ޗެއާމާނުގެ ރަސްމީ ޒިންމާތައް އަދާކުރެއްވުމަށް ކަމަށެވެ. އަދި ސީވީއެފްގެ ޒިންމާތައް އަދާކުރެއްވުމަށް އެމަނިކުފާނު ދެން ދިރިއުޅުއްވަމުން ގެންދަވާނީ ގާނާގައި ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

"ގާނާއިން ދަނީ ސީވީއެފްގެ އިދާރާ ހޯސްޓު ކުރައްވަމުން، މި ގައުމުގެ ވެގެންދާނީ ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުގެ މަންޒިލަށް"

ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކުރީގެ ރައީސް ނަޝީދުގެ މަގާމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ދަނިކޮށް މަޖިލީހުގެ ރައީސް ގެ މަގާމުން އެމަނިކުފާނު އިސްތުއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އެއަށް ފަހު މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެމަނިކުފާނު ވަނީ ސިޔާސީ މަގާމު ތަކުން ދުރަށް ޖެހިވަޑައިގެންކަން އިއުލާން ކުރައްވާފައެވެ.

މިގޮތުން ރައީސް ނަޝީދު ވިދާޅުވީ އދ.ގެ ތިމާވެށީ ކޮންފަރެންސްގައި އެ ޖަމާއަތުގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމް އަދާކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތު ގަބޫލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ވަޒީފާގައި ރާއްްޖެއަށް ޚިދުމަތްކޮށްދެއްވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް