ކުރީގެ ރައީސް ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
31 Jan 2024 | 12:32
ޝަމީމް އަށް ހަމަލާ ދިނީ ސިޔާސީ ބޭނުމުގައި: ރައީސް ޞާލިހު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަށް ހަމަލާދީ ޒަހަމްކޮށްލީ ސިޔާސީ ބޭނުމެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ ޕީޖީ ޝަމީމް އަށް ދިން ހަމަލާ ކުށްވެރި ކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ޕީޖީ ޝަމީމަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ރައީސް ޞާލިހު ވަނީ ސިޔާސީ ގޮތުން ކުރާ އަނިޔާވެރި އަމަލުތަކަށް ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ޖާގައެއް ނެތް ކަމަށް ވިދާޅުވެ، އެކަންކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސްވެގަތުމަށް ސަރުކާރަށް ގޮވާލާފައެވެ.

ޕީޖީ ޝަމީމަށް ހަމަލާދީފައި ވަނީ މިއަދު ގެ ވަގުތެއްގައި މާލޭ ގައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އެ ބޭފުޅާ އަށް ލިބިފައިވާ އަނިޔާތަކަށް އޭޑީކޭ ގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަން އެނގޭ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާގައި އެބޭފުޅާ ގެ އަތްޕުޅުގެ މުލައްދަނޑިއަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ