ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
31 Jan 2024 | 13:58
ހަމަލާ އާއި ގުޅިގެން ޝަމީމްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

މިއަދުގެ ވަގުތެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން އެމްއެންޑީއެފުން އެބޭފުޅާގެ  ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.

އެމްއެންޑީއެފުން ޕީޖީ ޝަމީމް ގެ ސެކިއުރިޓީ ވަރުގަދަ ކުރިކަން އިއުލާންކޮށްފައި މި ވަނީ އެ ބޭފުޅާ އަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީޖީ އޮފީހުން ނެރުނު ނޫސް ބަޔާނުގައެވެ.

މިގޮތުން އެ ބަޔާނުގައި ބުނީ ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި، ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށެވެ. މި ހަމަލާ އާއި ގުޅިގެން އެބޭފުޅާ ދަނީ އޭޑީކޭ ގައި ފަރުވާ ހޯއްދަވަމުން ކަމަށާއި ހާލުކޮޅު މިހާރު ރަނގަޅު ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާގައި އެބޭފުޅާ ގެ އަތްޕުޅުގެ މުލައްދަނޑިއަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަޙުޤީޤުކުރައްވަމުން ކަމަށާއި މިއަދު ހެނދުނު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޙާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައި ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ބެލި ބެލުމުން ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަން އެނގޭ ކަމަށް ބުނެފައެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާ ކުށްވެރި ކުރައްވައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެއީ ސިޔާސީ ބޭނުމަކަށް ޓަކައި ދިން ހަމަލާއެއް ކަމަށް ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނާއި ސުވާލުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ އެ ހަމަލާއަކީ ސިޔާސީ ގޮތުން ދެވުނު ހަމަލާއެއް ކަމަށް ކުރީގެ ރައީސް ޞާލިހު ވިދާޅުވި ވިދާޅުވުމަކީ އެހަމަލާ ދިނުމުގެ ފަހަތުގައިވާ މަޤުޞަދާއި ނިޔަތާ ގުޅޭ ބުރަދަންހުރި އިތުބާރުކުރެވޭ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ބެލެވޭނެ ސަބަބެއް ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިފައި ހުރި މައުލޫމާތު ފުލުހާއި ހިއްސާ ކުރެއްވުމަށް ވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް މި މައްސަލައަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަަމަށް ވިދާޅުވެ، ހަމަލާ ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނެރުއްވާނެ ކަަމުގެ ޔަގީން ކަން ވަޒީރު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ