ދަރިވަރަކު ސުކޫލުން ގެއަށް ދަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
31 Jan 2024 | 14:49
އައު ދިރާސީ އަހަރު ދަރިވަރުން ސުކޫލަށް ވެއްދޭ އުމުރުފުރާ އިއުލާން ކޮށްފި!

2024 ވަނަ އަހަރުގެ އައު ދިރާސީ އަހަރުގައި ދަރިވަރުން ސުކޫލަށް ވެއްދޭނެ، އަދި އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރެވޭނެ އުމުރުފުރާތައް އިއުލާން ކޮށްފިއެވެ. 

ތަޢުލީމީ ވުޒާރާއިން އިއްޔެ ސުކޫލުތަކަށް ފޮނުއްވި ސާކިޔުލާގައި ވާގޮތުން، 26 މެއި 2024 ގައި ފެށުމަށް ހަމަޖެހިފައިވާ އައު ދިރާސީ އަހަރުގައި ދަރިވަރުން ސުކޫލަށް ވައްދައި، އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރެވޭނީ އަންނަނިވި އުސޫލުގެ މަތީން ނެވެ.

• ބޭބީ ނާސަރީ-- 31 ޑިސެމްބަރު 2023 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

• ނާސަރީ-- 31 ޑިސެމްބަރު 2023 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

• އެލްކޭޖީ-- 31 ޑިސެމްބަރު 2023 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

• ޔޫކެޖީ-- 31 ޑިސެމްބަރު 2023 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން. މިހެން އިން ނަމަވެސް 2023-2024 ގެ ދިރާސީ އަހަރުގައި އެލްކޭޖީ ފުރިހަމަ ކުރި ދަރިވަރުން ޔޫކޭޖީއަށް ބަދަލު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. 

• ގްރޭޑް 1 -- 31 ޑިސެމްބަރު 2023 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން. މިހެން އިން ނަމަވެސް 2023-2024 ގެ ދިރާސީ އަހަރުގައި ޔޫކޭޖީ ފުރިހަމަ ކުރި ދަރިވަރުން ގްރޭޑް 1 އަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ އުސޫލުގައިވާ ގޮތުގެ މަތީން އެއްވެސް ދަރިވަރަކު އެ ދަރުވަރެއް ހުރި ގްރޭޑްގައި ރިޕީޓް ނުކުރެވޭނެ ކަމަށެވެެ. 

ނަމަވެސް ޚާއްސަ ހާލަތެއް ދިމާވެގެން ނުވަތަ މަގުބޫލު އުޒުރަކާއި އެކު، އެ ދަރިވަރަކުގެ ބެލެނިވެރިޔާ ބޭނުންވެއްޖެ ނަމަ، ސުކޫލުގައި އެދުމުން މިނިސްޓްރީ މެދުވެރިކޮށް ކުއްކާ ރިޕީޓް ކުރެވޭނެ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެއެވެ. 

ދިރާސީ އައު އަހަރު 2026 ވަނަ އަހަރު ޖަނަވަރީގައި ފެށުމަށް ތައްޔާރު ވާއިރު، މި އަހަރު ދިރާސީ އައު އަހަރު ފަށާ ތާރީޚްވެސް ވަނީ މެއި މަހަށް ބަދަލު ކުރެވިފައެވެ. 

ކުރިން އޮތީ އޯގަސްޓް މަހުގައި ދިރާސީ އައު އަހަރު ފަށާ ގޮތަށެވެ. އެގޮތަށް އޮންނައިރު ސުކޫލަށް ވައްދާ އުމުރު ބަލަނީ އޮގަސްޓް މަހުން ފެށިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.