އިމްރާން ޚާނާއި އަނބިކަބަލުން ބުޝްރާ ބިބީ--ފޮޓޯ: އޭއެފްޕީ
ދުނިޔެ
31 Jan 2024 | 16:44
އިމްރާން ޚާން ގެ ދެކަނބަލުން 14 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޕާކިސްތާން ގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން އާއި އެބޭފުޅާގެ އަނބިކަބަލުން ބުޝްރާ ބީބީ 14 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި ދެ ބޭފުޅުންނަށް ހުކުމް އިއްވާފައި ވަނީ ޕާކިސްތާނުގައި އިންތިހާބެއް ބާއްވަން އެންމެ ހަފްތާއެއްހާ ދުވަސް ވެފައިވަނިކޮށް، އެގައުމުގައި އޭނާ އިންތިހާބުގައި ވާދަކުރުން މަނާކޮށްފައި އޮއްވައެވެ.

2022 ވަނަ އަހަރު ބޮޑު ވަޒީރު ކަމުގެ މަގާމުން ދުރުކުރި އިމްރާން ޚާން މިހާރު ވެސް ދަނީ ކޮރަޕްޝަންގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އިމްރާން ޚާން ވަނީ އެ ބޭފުޅާގެ މައްޗަށް އުފުލާފައިވާ އެތައް ދައުވާ ތަކަކީ ސިޔާސީ ގޮތުން ޖައްސާލައިގެން އުފުލާފައިވާ ދައުވާ ތަކެއް ކަމުގައި ވިދާޅުވެފައެވެ.

މިއަދު ކޯޓުގައި ކުރިއަށް ދިޔައީ އިމްރާން ޚާން ބޮޑު ވަޒީރު މަގާމުގައި ހުންނަވަނިކޮށް ދެމަފިރިންނަށް ލިބުނު ދައުލަތުގެ ހަދިޔާތަކާއި ގުޅޭ ޚިޔާނާތުގެ ތުހުމަތު ތަކުގެ މައްސަލައެވެ.މި ދެމަފިރިންގެ މައްޗަށް ކޮށްފައިވަނީ ތުހުމަތުކޮށްފައި ވަނީ ވެރިކަމުގައި ހުންނަވައިގެން ދައުލަތުގެ ހަދިޔާތައް ހިފެހެއްޓުމާއި ވިއްކުމުގެ ކުށުގެ ދައުވާ އެވެ. މި ހަދިޔާ ތަކުގެ ތެރޭގައި ސައުދީ އަރަބިއާ ގެ ވަލީއުލްއަމްރު ހަދިޔާ ކުރެއްވި ރަން ގަހަނާ ސެޓެއްވެސް ހިމެނޭ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. ޕާކިސްތާނުގައި ސަރުކާރުގެ ވެރިންނަށް މިފަދަ ހަދިޔާތައް ގަތުމުގެ ހުއްދަ އޮތް ނަމަވެސް ވިއްކުމުގެ ހުއްދަ އެއް ނޯވެއެވެ.

މި ހުކުމް ގެ އިތުރުންވެސް އިއްޔެ ކޯޓުން ވަނީ އިމްރާން ޚާން ދައުލަތުގެ މުހިންމު ލިޔެކިޔުން ތަކެއް ލީކް ކޮށްލިކަން ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައެވެ.

ޖަލު ހުކުމް ތަކުގެ އިތުރުން ވެސް 5.3 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ކޯޓުން އެ ދެމަފިރިންގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

އިމްރާން ޚާނާއި އެކު 14 އަހަރުގެ ޖަލު ހުކުމެއް އިއްވި އެބޭފުޅާގެ އަނބިކަބަލުން ބުޝްރާ ބިބީ އަކީ އެކަމަނާގެ ފިރިކަލުންގެ ބޮޑު ވަޒީރު ކަމުގެ ދުވަސްވަރު ލޯ ޕްރޮފައިލެއް ގެންގުޅުއްވި ބޭކަނބަލެކެވެ. މި ދެމަފިރިން ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.