ހަބަރު
01 Feb 2024 | 13:16
20 އަތޮޅުގެ މަންދޫބުންނާއެކު ޖަމިއްޔަތުއް ސަލަފުގެ މަދަނީ ޖަމުޢިއްޔާ ތަކުގެ މަހާސިންތާ މިއަދު ފަށަނީ!

20 އަތޮޅުގެ މަންދޫބުންނާއެކު ޖަމިއްޔަތުއް ސަލަފުގެ މަދަނީ ޖަމުޢިއްޔާ ތަކުގެ މަހާސިންތާ މިއަދު ފަށަން ތައްޔާރު ވެއްޖެއެވެ. 

މިއަދުން ފެށިގެން މިމަހު 3 ވަނަ ދުވަހުގެ ނިޔަލަށް އއ.މަތިވެރީގައި އޮންނަ މި މަހާސިންތާގެ ޝަރަފުވެރި މެހެމާނަކީ ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ. 

މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގައި އުފެދިފައިވާ ޖަމިއްޔާތަކުގެ ގުޅުންތައް ބަދަހިކޮށް އެއް ބަޔަކު އަނެއް ބަޔަކު ތައާރަފުވެ ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުން ކަމަށް ސަލަފުން ބުނެއެވެ.

އަދި ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި ޖަމިއްޔާތަކުގެ ބައިވެރިވުން ބޮޑުކޮށް އެ މަސައްކަތުގައި ހަރަކާތްތެރިވާނެ ލީޑަރުން އުފައްދައި، ޖަމިއްޔަތުއް ސަލަފާއި ގުޅިގެން ދީނީ އަދި އިޖްތިމާއީ މައިދާނުގައި އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތް ކުރުމަކީވެސް މިފަދަ ވޯކްޝޮޕެއް ބޭއްވުމުގެ މަޤްޞަދެއް ކަން ސަލަފުން ބުނެއެވެ. 

"މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ" ގައި ރާއްޖޭގެ 20 އަތޮޅުން މަންދޫބުން ބައިވެރިވާ ކަމަށް ސަލަފުން މައުލޫމާތު ދެއެވެ. އެގޮތުން ކޮންމެ އަތޮޅަކުން އެއް ޖަމިއްޔާ މި މަހާސިންތާ ގައި ބައިވެރިވާއިރު މި ޖަމިއްޔާތަކަކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރު ގައި އެކި ހަރަކާތްތައް ރާއްވާ ހިންގާ އަދި ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާތަކެއް ކަން ސަލަފުން ފާހަގަކުރެއެވެ. 

މީގެ އިތުރުން ސަލަފުން ބުނީ، މި މަހާސިންތާ ގައި ޖަމިއްޔާތައް ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށާ، މަހާސިންތާގައި ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ އެކި ބޭފުޅުން ވަޑައިގެން ސެޝަންތައް ނަންގަވައިދެއްވާނެ ކަމަށެވެ.

އެ ގޮތުން ލީޑާޝިޕް، ޓީމް ބިލްޑިން، މުޖްތަަމައުގެ މީހުންނާއި މުއާމަލާތް ކުރާނެ ގޮތް އަދި ރާއްޖޭގެ ދީނީ ހޭލުންތެރިކަމުގެ ތާރީހަށް ހާއްސަ ސެޝަންތައް ކުުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ ޝަރުއީ އިލްމުގެ މުހިންމު ކަމާއި ގުޅޭ ހާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.