ގއ ވިލިނގިލި-- ފޮޓޯ: އިންޓަނެޓް
ހަބަރު
01 Feb 2024 | 13:17
ހޯއްގޮވާ ބަލީގެ ކޭސްތަކުގެ އަދަދު ފަހަކަށް އަރައިފި!

މިއަހަރުގެ ޖެނުއަރީ މަހުުގެ 23 ވަނަ ދުވަހު ގއ.ވިލިނގިލިން ފެނުނު ހޯއްގޮވާ ބަލީގެ ކޭސްތަކުގެ އަދަދު 5 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ 31 ޖަނަވަރީ 2024 ވަނަ ދުވަހު ގއ.ވިލިނގިލިން އިތުރު ޕަރޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ވަނީ ފެނިފައިވާ ކަމަށެވެ. މިއާއި އެކު މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިވަނީ 5 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ ގއ.ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް އެޗްޕީއޭގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓުންގެ ތެރޭގައި 2 ހައި ރިސްކު މީހުން ހިމެނޭއިރު، 25 ފަރާތެއްގެ ކިބައިން ބަލީގެ އަލާމަތްތައް ވަނީ ފެނިފައެވެ. މީގެ އިތުރުންވެސް، ކޮންޓެކްޓް ނުވާ 46 ފަރާތެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ވަނީ ޓެސްޓް ކޮށްފައެވެ. އަދި 27 ފަރާތަކަށް ޕްރޮފައިލެކްސިސް ވަނީ ދެވިފައެވެ.

މި ބައްޔާއި އެހެނިހެންވެސް ރޯގާ ތަކުން ރައްކާތެރިވުމަށް މާސްކް އަޅައިގެން އުޅުމަށާއި ޚާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލް، އޮފީސް ނުވަތަ މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި އަތް ދޮވުމާއި ސެނިޓައިޒަރ ބޭނުން ކުރުމަށް ވެސް އިދާރާއިން ވަނީ އެދިފައެވެ.

މީގެ އިތުރުންވެސް ކޮވިޑް 19 ވެކްސިނާއި އިންފުލުއެންޒާ ވެކްސިން ފުރިހަމަކުރުމަށާއި މި ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނަށް ކަމަށްވާތީ 7 އަހަރު ނުވާ ކުޑަކުދިންގެ ތެރެއިން މި ވެކްސިން ފުރިހަމަ ނުކޮށް ތިބި ކުދިންނަށް ވީހާވެސް އަވަހަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މި ބައްޔަށް ޖަހާ ވެކްސިން އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން ލިބެން ހުންނާނެ ކަމަށް ވެސް އެއިދާރާއިން މައުލޫމާތުދެއެވެ.

މި ބައްޔަކީ ގަވާއިދުން ވެކްސިން ދޭންފެށުމާއި ގުޅިގެން ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ނަމަވެސް މަދު މަދުން ރާއްޖެއިން ފެންނަ ބައްޔެކެވެ.

ޕަރޓޫޓިސް ނުވަތަ ހޯއްގޮވާ ކެއްސުމަކީ ބޯޑެޓެލާ ޕަރޓޫސިސް ކިޔާ ވައްތަރެއްގެ ބެކްޓީރިއާއެއްގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ގައިން ގައިން ވަރަށް ފަސޭހައިން އަރާ މި ބަލި ފުރަތަމަ ޖެހުމުން ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އެހެންނަމަވެސް ހަފްތާއެއް ފަހުން ކެއްސުން ދިގުލައިގެން ގޮސް ވަރަށް ގިނަ ދުވަހަށް ދެމިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ