ވިނަރެސް ފްލެޓް ތައް-- ފޮޓޯ: ވޮއިސް
ހަބަރު
01 Feb 2024 | 17:40
ވިނަރެސްގެ ފުލެޓް ތަކުގެ މަހު ކުލިން 4،200 ކުޑަކޮށްފި!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ފަދައިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސްގެ ފުލެޓް ތަކުގެ މަހު ކުލިން 4،200 ކުޑަކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ "ލީސްޓް އޯން މޮޑެލްގެ" އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ބަދަލުކޮށްފައިވާ ކަމަށާއި، ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 އިންސައްތަ ކުޑަކުރެވި، ކުޑަކުރެވުނު 50 އިންސައްތަ ފްލެޓްގެ އަގުން އުނިކުރެވިފައިވާ ކަމަށެވެ.

މި ގެނެވުނު ބަދަލާއި އެކު ޑައުންޕޭމަންޓް ދެއްކުމަށް ދީފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުން، 6 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ކުޑަކޮށް، މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ވަނީ ހަމަ ޖައްސާފައެވެ.

އެޗްޑީސީގެ ބަޔާނުގައި އިތުރަށް ބުނީ މިމަޝްރޫއިން ވިނަރެސް ފްލެޓް ގަތް ފަރާތްތަކަށް ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރާ ފައިސާ ދައްކާގޮތަށް މި ލުއިތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޭންކު ލޯނަށް މަހަކު ދައްކަންޖެހޭ ކަމަށް ލަފާ ކުރެވޭ އަދަދުން 4،200 ރުފިޔާ އެވްރެޖްކޮށް ކުޑަވާނެ ގޮތަށް އަގުން ޑިސްކައުންޓެއް ދެވި، އަމިއްލަ ފައިސާއިން އަގުދައްކާ މީހުންނަށް ވެސް އެވަރުގެ ޑިސްކައުންޓެއް ދޭން ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީ އިން ހާމަކުރެއެވެ.

މީގެ އިތުރުންވެސް، މިހާތަނަށް ލޯނު ހަމަޖައްސައިގެން ފައިސާ ދައްކާފައިވާ ފަރާތްތަކަށާއި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. އަދި ފްލެޓްގެ ޑައުންޕޭމަންޓްގެ އަގު 50 އިންސައްތަ އަގުން އުނިކުރެވި އަދި އަގު އަދާކޮށްފައިވާ ފަރާތްތަކަށް މި ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް އެޗްޑީސީން ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

އެޗްޑީސީން ދަނީ މި ބަދަލާއި ގުޅިގެން އެގްރީމެންޓް ތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.