ދީން
02 Feb 2024 | 13:02
"ޝަހާދަތުގެ ދެކަލިމަ އަކީ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެއް"

ޝަހާދަތުގެ ދެކަލިމަ އަކީ މާތް الله ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެއް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

ޝަހާދަތުގެ ދެކަލިމައާއި ޙަޔާތާ ހުރި ގުޅުމުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ، مُحَمَّدٌ رَسُوْلُ اللهِ އަކީ، އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގާ ކަމުގައެވެ.

"އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެވެ. މާތް الله ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެވެ. އަދި، އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސެވެ."

ހުކުރު ޚުތުބާ 

މިއާާއެކު ޚުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަޔަށް އީމާންވާ މީހާ، އެއްވެސް ސިފައެއްގައި މާތް الله އާއި އެހެން ފަރާތަކާ އިލާހުވަންތަކަމާއި ރައްބުވަންތަކަމުގައި، ޝަރީކު ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކަލާނގެ ރަސޫލާ މުހައްމަދު ޞައްލައްالله ޢަލައިހި ވަސައްލަމައީ، އިންސީންނާއި ޖިންނީންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، އެކަލާނގެ ޙަޟްރަތުން ފޮނުއްވި ރަސޫލާކަމަށްވެސް ގަބޫލު ކުރާނެ ކަމަށެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަ މުސްލިމާގެ ޙަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. އެހެނީ، ޝަހާދަތުގެ ދެކަލިމަ އޭގެ ޙަޤީޤީ މާނާގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް الله ގެ ފޮތާއި ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ސުންނަތް  އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް ޢަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ޙަޔާތް ބައްޓަންކުރާ މީހަކަށް ވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެކަލިމައިގެ ޝަރުޠުތައް އެނގުމަކީ ވެސް މުހިންމު ކަމެއް ކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، މި ދެކަލިމަ ލާޒިމުކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު، މި ދެކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ، ޝައްކުކަމެއް ނެތި ޔަޤީންކުރަންޖެހޭ ކަމަށެވެ. 

އަދި މިދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިޚްލާޞްތެރިކަމާއެކު ޤަބޫލުކޮށް، ދުލުން ކިޔައި، ހިތުން އިޤުރާރުވާންވާނެ ކަމަށާ، މިދެކަލިމަ މަތިވެރިކޮށް، މިދެކަލިމަ ލާޒިމްކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމުވެގެންވާ ކަމަށެވެ. ހަމައެހެންމެ، މުޅި އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަންނަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ޚުތުބާގައި ބުނެފައިވާ ގޮތުން އަހަރެމެންގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އަހަރެމެންގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިގައިވާ ކަމުގެ ނިޝާނެކެވެ.

އެއީ ފާފަތަކަށް އަރައިގަތުމުން ވެސް މީހާ ދުރުކުރުވާނެ ކަމެއް ކަމަށާ، އޭނާގެ ހަވާނަފްސު ކިތަންމެ ބޭނުންވިޔަސް، އިސްލާމީ ޝަރީޢަތުގައި ފާފައެއް ނުވަތަ ކުށެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމެއްކުރުމަށް އޭނާ ފަސްޖެހޭނެ ކަމަށެވެ. 

"އަދި މާތް الله އާއި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ކަމަކަށް އަމުރުކުރައްވާފައި ވާނަމަ، ނުވަތަ ކަމެއް ނަހީކުރައްވާފައި ވާނަމަ އެކަމެއްގައި އޭނާއަށް އިޚްތިޔާރެއް ލިބިފައިވާ ކަމަކަށް ނުދެކޭނެއެވެ. މާތް اللهބވަޙީކުރައްވާފައި ވެއެވެ.

މާނައީ: "އަދި الله އާއި، އެކަލާނގެ رَسُوْل އާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، مُؤُمِن ފިރިހެނަކަށްވެސް، އަދި مُؤُمِن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اِخْتِيَارُ އޮތުމަކީ ނެތްކަމެކެވެ. އަދި الله އަށާއި، އެކަލާނގެ رَسُوْل އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.