ކޫއްޑޫ ބަނދަރަކީ ގިނަ ދޯނިފަހަރަކުން އަބަދުވެސަް ޚިދުމަތް ލިބިގަންނަ ބަނދަރެއް
ހަބަރު
03 Feb 2024 | 11:39
މިހާރު ކޫއްޑޫއިން މިނެޓަކުން 160 ލީޓަރު ތެޔޮ އެޅޭނެ

ރާއްޖޭގެ ގިނަ މަސްވެރިން ތެޔޮއެޅުމަށާއި، މަސްކިރުމަށާއި، ލަފާފުރުމަށް ބޭނުންކުރާ އެންމެ މުހިއްމު އެއް ރަށްކަމަށްވާ ކޫއްޑޫގައި މަސް ދޯނި ފަހަރަށް މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕެއް ގާއިމްކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެ ޕޯސްތުގައި ބުނެފައިވަނީ މިފަދަ ޕަންޕެއް ޤާއިމު ކުރެވުނީ މަސްދޯނިތަކަށް ތެޔޮއެޅުމުގައި މަސްވެރިން ގިނަ ވަގުތު ހޭދަކުރަން ޖެހޭ ޖެހުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

"ކޫއްޑޫގައި ގާއިމުކޮށްފައިވާ  އެފްއެސްއެމް ތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީ، އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ  ތެރެއިން މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕް އިންސްޓޯލްކޮށް ޙިދުމަތްދޭން ވަނީ ފަށާފައި." 

މިނިސްޓްރީގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ ފަރާތުން މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދެމުން އަންނަ އިރު މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެފައި ވަނީ ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ގިނަ އަދަދެއްގެ ފައިސާ މިހާރު މި ސަރުކާރުން ހަވާލުކުރަމުން ގެންދާ ކަމަށެވެ.

މީސްމީޑިޔާ މެދުވެރިކޮށް އާއްމުންކުރާ ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދިފަހުން ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާއްމުންގެ ފަރާތުން ކުރި ސުވަލަކަށް ޖަވާބު ދެއްވަމުން ރައީސުލުރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައި ވަނީ މަސްވެރިންނަށް ދޭންޖެހިފައިވާ ފައިސާ ވަރަށް އަވަހަށް މަސްވެރިންނާއި ހަވާލުކުރައްވާނެ ކަމަށެވެ.  

"މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް، އެ ފައިސާ ވަރަށް އަވަހަށް ހަވާލު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ މިކަން ވަރަށް ޔަގީން ކަން އެބަ އޮތް ވަރަށް އަވަހަށް ހައްލުކޮށްދެވޭނެ ކަމަށް، ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަވާލު ކުރުމަށް މި މަސައްކަތް ކުރަނީ،".  

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.