ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
03 Feb 2024 | 15:38
މި އަހަރުގެ މިހާތަނަށް 414.2 މިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓް އަރަނީގައި

މިދިޔަ އަހަރުގެ ފުރަތަމަ 25 ދުވަހާއި އަޅާ ބަލާއިރު މި އަހަރުގެ މި މުއްދަތުގައި 414.2 މިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓް ވަނީ ސާޕްލަސް ނުވަތަ އަރަނިވެރިވެފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ 1  އިން ފެށިގެން 25 ޖަނަވަރީ ދައުލަތުން ދައްކަންޖެހޭ ދަރަންޏަށް ޚަރަދުކުރި މިންވަރު ޚަރަދުތަކުގައި ނުހިމަނައި އަރަނީގެ ގޮތުގައި 562.3 މިލިއަން ރުފިޔާ ވަނީ ހިސާބު ކުރެވިފައެވެ.

2023 ގެ އެ މުއްދަތާއި އަޅާ ބަލާއިރު މިއަހަރު އެ އަދަދުވަނީ 171.7 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހާއި ހިސާބަށް އައިރު ދަރަނި އަދާކުރުމަށް ކުރި ޚަރަދު އުނިނުކޮށް އަރަނީގެ ގޮތުގައި ހިސާބުކުރެވިފައިވަނީ 31.4 މިލިއަން ރުފިޔާއެވެ.

މި އަހަރު ދައުލަތުގެ ދަރަނި އަދާ ކުރުމަށް ދިޔަ ޚަރަދުތައް ހިމަނައިގެން ޚަރަދުތައް ހިސާބުކުރުމުން 414.2 މިލިއަން ރުފިޔާއިން ބަޖެޓުވަނީ ސާޕްލަސް ނުވަތަ އަރަނިވެފައެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 242.5 މިލިއަން ރުފިޔާ އިން ދަރަނިވެރި ނުވަތަ ޑެފިސިޓް ވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓު އަރަނިވެރިވީ ނިމުނު އަހަރުގެ އެ މުއްދަތަށްވުރެ މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ.

މިގޮތުން ފާއިތުވި އަހަރު އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ގެ މި މުއްދަތުގައި 1.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަނީ ލިބިފައެވެ. 

މީގެ އިތުރުންވެސް، ފާއިތުވެ ދިޔަ އަހަރަށްވުރެ މި އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަ ކޮށްފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވެއެވެ.

މިގޮތުން، ނިމުނު އަހަރު 1.9 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، މި އަހަރު ޚަރަދުކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް %25 ދަށްވުމެކެވެ.

ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމާއި، ދައުލަތުގެ ދަރަނި މެނޭޖުކުރެވޭނެ ރަނގަޅު  އިންތިޒާމު ތަކެއް ހަމަޖެއްސުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ