ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ/ތޭރަ އޮންލައިން
ހަބަރު
04 Feb 2024 | 12:25
ރައީސް ޞާލިހުގެ ސަރުކާރުން ގޯތި ދިނީ ބަލާލުމެއްނެތި ހިތުހުރި ތަނަކުން ބިން ކަނޑާފައި: ރައީސް ޔާމިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހުޅުމާލެއިން ގޯތި ދީފައިވަނީ، ލޭންޑް ޔޫސް ޕްލޭނަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގާއްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.

އެގޮތުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް އަމާޒު ކުރައްވައި ކުރެއްވި ސުވާލުގެ ތެރެއިން ރައީސް ޔާމީން ވަނީ ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް 2 ވެސް ހިއްކާފައިވަނީ، މާލެ ތޮއްޖެހި، މާލޭގެ ބޯހިޔާވަހިކަމަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުން ކަމަށެވެ.

އެގޮތުން އެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ގެ ވެރިކަމުގާއި، ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިއްކައި ތަރއްގީ ކުރަން ފެށުނު ކަމަށް ޔާމީން ވިދާޅުވިއެވެ. 

މިއާއެކު ރައީސް ޔާމީން ވިދާޅުވީ، އެ ދެ ޝަހަރުވެސް ހިއްކައި ތަރައްގީ ކުރެވުނީ އެތަނުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން އަކާއި އެކު ކަމަށާ، އެހެން ނަމަވެސް ރައީސް ޞާލިހު ގެ ސަރުކާރުން، އެ ޕްލޭން އަށް ބެލުމެއް ނެތި ހުޅުމާލެއިން ގޯތި ކަނޑާފައި ދީފައިވާ ކަމަށެވެ. 

މިކަހަލަ ބޮޑު ޝަހަރެއް ގާއިމް ކުރާއިރު، އޮންނާނެ ބޮޑު ޕްލޭން ތަކެއް ސަރުކާރުގެ. ތަސައްވުރު ތަކެއް އޮންނާނެ. ލޭންޑް ޔޫސް ޕްލޭން، ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން އެއް އޮންނާނެ. ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނެއް ނެތި، އެފަހަރަކު ޖެހުނު ގޮތަކަށް އެފަހަރަކު ކުރާ ކަމަށް ވަންޏާ، މާލޭގައި މިއޮތް ދަތިކަން ހުޅުމާލެ އަށް އަންނާނެ. މިދިޔަ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން، މިގޮތަށް ހަދާފައި ހުރި ޕްލޭންތަކަށް ހަމަ އެއްވެސް ގޮތަކަށް ބަލާލުމެއް ނެތި، ހިތުހުރި ތަނަކުން ހަމަ ބިން ކަނޑާފައި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 

ޔާމީން އިތުރަށް ވިދާޅުވީ މާލޭގައި ސިޓީ ކައުންސިލެއްވެސް އެބައޮތް ކަމަށާއި އެހެން ކަމުން މާލޭގައި ބިންތަށް ދޫކުރާއިރު މާލޭގެ ކޮންމެ އަވަށެއްގެ ނުވަތަ ދާއިރާއެއްގެ މީހުންގެ ގެނެސްގެން ބިން ދޫކުރާނެ ގޮތުގެ މަޝްވަރާތަކެއް ކުރެވެން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގެ ފަހުކޮޅު ވަނީ ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރުފަޅުން، ފަޅުތެރެއިންވެސް ގޯތި ދޫކޮށްފައެވެ. އެގޮތުން މި ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިމާއި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރުފަޅުން 5432 ބިން ދީފައިވެއެވެ.

ކޮމެންޓް
އަލީބެ
މާލޭގަ އާންމުން ކައިރީ އަހައިގެން ޕްލޭން ކުރާނަމަ ޖެހޭނީ ހުރިހާ ގޯޅިއަކުންވެސް ގޯތިދޭން. އެމީހަކު ބޭނުންކަމެއް ބޭނުންތާކު ކުރެވެންވާނެ. މަގުފުރުނަސް ޣައުބުގާވާ ގަރާޖެއް ދައްކާ ކާރުވެސް އެތެރެ ކުރެވެންވާނެ.
04 Feb 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.