ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
04 Feb 2024 | 13:34
ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ ކަންކަން ބާރަށް ކުރިޔަށް އެބަދޭ: ރައީސް މުޢިއްޒު

ގޯތި ލިބުނު އެންމެހާ ރައްޔިތުންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުންތަކުގެ ކަންތައްތައް ވާރަށް ބާރަށް ކުރިޔަށް ދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ރައީސް އޮފީހުން ފަށާފައިވާ ޕްރޮގްރާމް، "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ގޯތީގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފު ކުރުމަށް، އިބްރާހިމް ސަމާހު- ހ.މެލްބާން/ ކ.މާލެ، ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ލިޔެކިޔުންތަކާއި ރަޖިސްޓްރީ ހެދުމުގެ މަސައްކަތް އަދި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

އަދި ނުހިއްކާ އޮތް ސަރަހައްދު ތަކުން ދޫކޮށްފައިވާ ގޯތި ތަކަށް ދޭން އޮންނަ ވަގުތީ ލިޔުން ދޫކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާ ކަމަށް ވިދާޅުވިއެވެ. ސަމާހުގެ ސުވާލަކީ ގޯތި ލިބުނު ފަރާތްތަކަށް ޖަވާބެއް ނުލިބޭ ކަމަށާއި، އެފަރާތްތަކަށް ލިބޭނެ ކަމަށް ބުނެފައިވާ ގޯތިތަކަށް ވާނީ ކިހިނެތްތޯއެވެ.

"ގުޅީފަޅުންވެސް އަދި ގިރާވަރު ފަޅުންވެސް، އަދި ހުޅުމާލޭގެ ފަޅު ތެރެއިން ވެސް ހިއްކަމުންދާ ބައިން ދޫކޮށްފައި ހުރި ގޯތިތައްވެސް، ހުރިހާ އެންމެންނަށް ބާކީ ނުވެ ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ހަމަ ބާރަށް ކުރިޔަށް އެބަދޭ" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.  

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގެ ފަހުކޮޅު ވަނީ ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރުފަޅުން، ފަޅުތެރެއިންވެސް ގޯތި ދޫކޮށްފައެވެ. އެގޮތުން ފަޅުން ގޯތި ދޫކުރި ތަންތަން ހިއްކުމަށްފަހު މިސަރުކާރުން އަންނަނީ އެ ތަންތަނުން ގޯތި ހަވާލު ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.