މިނިސްޓަރު ރަމީލާ އާއި ރައީސް ޑރ.މުއިއްޒު މަގާމުގެ ލިޔުން ހަވާލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Feb 2024 | 12:56
ކެންސަރަށް ފަރުވާ ހޯއްދެވުމަށްފަހު މިނިސްޓަރު ރަމީލާ އޮފީހަށް ނުކުމެވަޑައިގެންފި

ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށްފަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް  ނުކުމެވަޑައިގެންފިއެވެ.

ކެންސަރަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރ ރަމީލާ ބޭރަށް ފުރާވަޑައިގަތީ މީގެ ދެ މަސް ކުރިންނެވެ. މިކަމާއި ގުޅިގެން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު އެކަމަނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާކަން އެނގުނީ ކެންސަރުގެ އެޑްވާންސް ސްޓޭޖުގައި ހުއްޓާ ކަމަށެވެ. 

ބައްޔަށް ފަރުވާ ހޯއްދެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައި އެކަމަނާ ވިދާޅުވީ މާބޮޑު އަސަރުތަކެއް ނުކޮށް 9 ކީމޯތެރަޕީ ސެޝަން ފުރިހަމަ ކުރެވިފައިވާ ކަމަށާއި ފަރުވާގެ 2 ވަނަ މަރުހަލާ ފެށުމުގެ ކުރިން މި  ހަފްތާތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގެ އުންމީދުކުރައްވާ ކަމަށެވެ.

"މާބޮޑު އަސަރުތަކެއް ނުކޮށް 9 ކީމޯ ތެރަޕީ ސެޝަން ވަނީ ނިންމާލެވިފަ. އުންމީދަކީ ފަރުވާގެ 2 ވަނަ މަރުހަލާ ފެށުމުގެ ކުރިން މި މަދު ހަފްތާތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން. ލިބުނު ހެޔޮ އެދުން ތަކާއި ދުއާ ތަކަށް ޝުކުރިއްޔާ."

މިނިސްޓަރ ރަމީލާ ވިދާޅުވިއެވެ.

މިނިސްޓަރު ރަމީލާ މިއަދު އޮފީހަށް ނުކުމެވަޑައިގެންއިރު، މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސްކަން ފާހަގަކޮށްލެވެއެވެ.

އެކަމަނާ ފަރުވާ ހޯއްދެވުމަށް ބޭރުގައި ހުންނެވިއިރު، ވަގުތީ ގޮތުން އެމަގާމާއި ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ