ދަ ޑިމޮކްރެޓްސް ގެ ބައްދަލުވުމެއް-- ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
04 Feb 2024 | 15:10
ދަ ޑިމޮކްރެޓްސްގެ ބާތިލުކޮށްފައިވާ މަގާމުތަކުގެ އިންތިހާބު ބާއްވާ ތާރީހު އިއުލާން ކޮށްފި

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ދިމާވި މައްސަލަތަކަކާއި ގުޅިގެން ބާތިލުކޮށްފައިވާ އެޕާޓީގެ މަގާމުތަކުގެ އިންތިހާބު ބާއްވާ ތާރީހު އިއުލާން ކޮށްފިއެވެ.

ދަ ޑިމޮކްރެޓްސް ގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބާތިލު ކޮށްފައިވާމަގާމު ތަކުގެ އިންތިހާބު ބޭއްވުމަށް ފެބްރުއަރީ މަހުގެ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ޕާޓީގެ ވަގުތީ އިންތިހާބާއި ބެހޭ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.

މި މަގާމްތަކުގެ ނަތީޖާ އެ ޕާޓީ އިން ބާތިލު ކުރީ އެޕާޓީގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބުގައި، އިންތިހާބީ ޝަކުވާތަކާއި، ވަގުތީ ނަތީޖާއަށް ލިބުނު ޝަކުވާތަކާއި އަދި ވޯޓު ހައްގުވާ މިންވަރަށްވުރެ އިތުރަށް ވޯޓް ކަރުދާސް ދޫކޮށްފައިވާ ފޮށިތަކުގެ ނަތީޖާތައް ވަޒަންކުރުމަށްފަހު، އެ ޕާޓީގެ ވަގުތީ އިންތިހާބާއި ބެހޭ ކޮމިޓީއިން ނެވެ.

މިގޮތުން ދަ ޑިމޮކްރެޓްސް އިން ބާތިލު ކުރި މަގާމު ތަކަކީ:

1. ޔަންގް ޑެމްސް ލީޑަރު

2. ޔަންގް ޑެމްސް ގެ ޑެޕިއުޓީ ލީޑަރު

3. ނޮޅިވަރަމް ދާއިރާ ރައީސް

4. ނޫނު އަތޮޅު ޑިމޮކްރެޓްސް ރައީސް

މީގެ އިތުރުންވެސް ފޮށި ބަހައްޓަން ކަނޑައެޅިތަނުގައި ފޮށި ބަހައްޓާފައި ނުވުމާއި، އެހެންތަނެއްގައި ފޮށި ބަހައްޓައިގެންވެސް ވޯޓް ލާފައިނެތި ނަތީޖާ ނެރުމުގެ ސަބަބުން ރ. ދުވާފަރާއި، ގދ ފަރެސްމާތޮޑާ އާއި ނ.މިލަދޫ ގެ ވޯޓު ފޮށި ވަނީ އެ ޕާޓީން ބާތިލު ކޮށްފައެވެ.

އެ ޕާޓީން އިންތިހާބް އަލުން ބޭއްވުމަށް އިއުލާން ކޮށްފައިވާއިރު، ދެ މަސްވެގެން ދިޔައިރުވެސް އިންތިހާބް ބާއްވާފައިނުވާތީ ޕާޓީގެ ޒުވާނުން އަންނަނީ ޝަކުވާ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ