ހައުސިން މިނިސްޓަރު ޑރ.ހައިދަރު-- ފޮޓޯ: ވޮއިސް
ހަބަރު
04 Feb 2024 | 16:52
"ގެދޮރުވެރިޔާ ސްކީމް" ގެ މައްސަލައާއި ގުޅޭ ގޮތުން ހައުސިން މިނިސްޓަރާއި އޭސީސީން މަޝްވަރާކޮށްފި

ކުރީ ސަރުކާރުން 2022 ވަނަ އަހަރު "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ދޫކުރި ފްލެޓް ތަކާއި މައްސަލައާއި ގުޅޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން  ފޮނުވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން ހައުސިން މިނިސްޓަރު  ޑރ. އަލީ ހައިދަރު އަހުމަދާއި މަޝްވަރާކޮށްފިއެވެ.

ހައުސިން މިނިސްޓްރީ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، އެ ސިޓީ އާއި ގުޅޭ ގޮތުން އިތުރު ލަފައާއި މަޝްވަރާ ހޯދާފައިވާ ކަމަށާއި  މިކަމާއި ގުޅޭގޮތުން ކުރާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

މި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމު ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ވެއެވެ. މީގެ އިތުރުން ބައްދަލުވުމާއި ބެހޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް އޭސީސީ އަށް ހުށައެޅި ޝަކުވާތަކާ ގުޅިގެން ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލަން މީގެ ކުރިން ވަނީ މިނިސްޓްރީ އަށް އަންގާފައެވެ. ނަމަވެސް އޭސީސީން މި މައްްސަލަ ތަހުގީގުކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މައްސަލަ ހުރި ފޯމްތައް މުރާޖާކޮށް ފްލެޓްތައް ދޫކުރުމުގެ ހުއްދަ ދީފައެވެ.

ސޯޝަލް ހައުސިން ހޯދުމަށް ސަރުކާރުން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލީ 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން 13،000 މީހުން ޝަރުތު ހަމަވެއެވެ. އެހެންނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހަވާލު ކޮށްގެން ހުޅުމާލެ 2 ގައި އިމާރާތް ކުރުމުގެ މަސައްކަތް ހިނގަނީ 4000 ފްލެޓްގައެވެ.

ހައުސިން މިނިސްޓްރީން ކޮަށްފައިވާ އިއުލާނުގައި ބުނީ، 4000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތު ހަމަވާކަމަށް ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކަށް ސަރުކާރުން ހިންގާ އެހެނިހެން މަޝްރޫއުތަކުން ފްލެޓް ދިނުމަށް ނިންމާފައިވާ ކަމުގެ ލިޔުން އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.

4000 ފްލެޓް ގެ ތެރެއިން ފްލެޓް ލިބެނީ ޝަރުތު ހަމަވެ، ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާރޓްމެންޓް ލިބެނީ 76 ވުރެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކަށެވެ. ދެ ކޮޓަރީގެ އެޕާރޓްމެންޓް ލިބެނީ 73 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ ފަރާތް ތަކަށެވެ.

ސަރުކާރުން ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށް ނިންމާ، އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ